ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ދޫކުރާ 4,000 ފްލެޓަށް ޝަރުތު ހަމަވާކަމަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުން އާއްދީތަ ދުވަހު ހެނދުނު 10:45 ކަށް ހައުސިން މިނިސްޓްރީ އަށް ދިޔުމަށް ނިންމައިފިއެވެ.
ފުރަތަމަ ބުރުގައި ދޫކުރާ 4000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ހައުސިން މިނިސްޓްރީން ނެރުނު ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުން ހައުސިން މިނިސްޓްރީ ދޮށައް ދިއުމަށް ނިންމާފައި ވަނީ އެފަރާތްތަކަށް ލިބިފައިވާ ފްލެޓް އެފަރާތްތަކަށް ހައްގުވާ ކަމަށް ބުނެއެވެ. އަދި އެފަރާތްތަކަށް ލިބެންޖެހޭ ހައްގެށް ހޯދުމަށް ދާންޖެހޭ ކޮންމެ ހިސާބަކަށް ވެސް ދާނެ ކަމަށް ވަނީ ބުނެފައެވެ.
އަމިއްލަ ފަރާތަކުން މި 4000 ފްލެޓް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ވަނީ ހުށަހަޅަފައެވެ. އަދި މި މައްސަލާގައި އޭސީސީ އިން ވަނީ ފްލެޓްތަށް ދޫކުރުން ހުއްޓުވައިފިއެވެ.
އޭސީސީއިން ބުނީ ފްލެޓް ހަވާލުކުރުން ހުއްޓުވީ ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުސޫލާ ހިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެ ގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ބަލަމުން އަންނާތީކަމަށެވެ.
ހައުސިން މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ކުރި އިއުލާނުގައި، ކޮންމެ އެޕްލިކެންޓަކަށް ލިބޭ މާކްސް ވަނީ އާންމުކޮށްފައެވެ. އަދި 4،000 މީހުން ކަނޑައަޅާނީ ގުރުއަތުން ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
ނަމަވެސް މި ލިސްޓް ނެރުމާއި އެކު ގިނަ ފަރާތްތަކުން ބުނަނީ މި 4000 ފްލެޓް ދިނުމުގައި ވަކި ބަޔަކަށް މަންފާ ވާނެހެން ނެރެފައިވާ ލިސްޓެއް ކަމަށެވެ. އަދި މި 4000 ފްލެޓް ލިބޭ ފަރާތްތަކުތެރޭގައި ދުވަހަކުވެސް މާލޭގައި ދިރިނޫޅޭ އަދި ކައިވެނިވެސް ނުކުރާ ދަރިންވެސް ނެތް ފަރާތްތަށް ހިމެނޭ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ގަވައިދު ބުނާގޮތުން މި ސްކީމް އަށް ކުރިމަތިލެވޭނީ މަދުވެގެން 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެކަންޏެވެ.
ހައުސިން މިނިސްޓްރީން ގެޒެޓު ކުރި ލިސްޓާ އެކު، އެ އިއުލާނުގައި ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ މީހުން ކަމަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓުގެ ދާއިމީ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބުނު މީހުން ކަމަށް އެ އިއުލާނުގައި ވެއެވެ
އޭސީސީން މި ފްލެޓްތައް ހަވާލުކުރުން ހުއްޓުވީ ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓަށްވެސް ޝަކުވާ ހުށަހަޅަން ހައުސިން މިނިސްޓްރީން ހުޅުވާލާފައުވަނިކޮށެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0