އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ ފުލުހުން ވަނީ އެ ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
އަދި މިހާރު ވަނީ އެތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނު ކޮށްފައެވެ.
• ނޮވެމްބަރ 15 ވަނަ ދުވަހު ފުއްކަފަ ގޯޅިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ކީހެއް.
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ. މި ތަކެތި މިހާރު ހުރީ މާފަންނު ޕޮލިސް ސްޓޭޝަންގައެވެ.
• ނޮވެމްބަރ 11 ވަނަ ދުވަހު މަޖީދީމަގު، ރޮޒެއްލާ ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތިން ސޯޓު (ބީޗް ސޯޓު). މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ. މިތަކެތި މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައެވެ.
• ނޮވެމްބަރ 12 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ، ރަތްކުލައިގެ ފޮއްޓެށް. މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ. މިތަކެތި މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައެވެ.
• ނޮވެމްބަރ 13 ވަނަ ދުވަހު އިސްކަންދަރު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވޮލެޓެއް. މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ. މި ތަކެތި ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައެވެ.
• ނޮވެމްބަރ 14 ވަނަ ދުވަހު މަޖީދީ މަގު، ދިލްބަހާރު މަގު ކަންމަތިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ޒީބާ ބްރޭންޑުގެ ބާސްމަތީ ހަނޑޫ ކޭހަކާއި ކާރު ތަޅުދަނޑި އަކާއި ކާރު ރިޕެއަރިންގ ސްޕްރޭ ފުޅިއެއް. މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރައްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދިފައިވެއެވެ. މިތަކެތި މިހާރު ވަނީ ގަލޮޅު ޕޮލިސް ސްޓޭޝަންގައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0