ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހާއެކު ދުންފަތުގެ ވިޔަފާރިކުރާ ކޮންމެ ފަރާތަކުންވެސް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ދޫކުރާ ވިޔަފާރިކުރުމުގެ ހުއްދައިގެ އިތުރުން އެޤާނޫނުގެ ދަށުން ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް ނަގަންޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
މިއީ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤަނޫނަށް އަލަށް ގެނައި އިސްލާހާއި ގުޅިގެން ގެނައި ބަދަލެކެވެ.
މިޤާނޫނުގެ ދަށުން އެކުލަވާލާ ޤަވާއިދުތައް ކުރިއަށް އޮތް 2 މަސްދުވަހުގެ ތެރޭގައި އެކުލަވާލާ ނިމުމުންކަމަށް އެމް.އެފް.ޑީ.އޭ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.
މިޤާނޫނާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ބޭނުންވާ މުހިއްމު ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ދުންފަތާއި ގުޅޭ ވިޔަފާރިކުރާ ފަރާތްތަކުން ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދައިގެ އިތުރުން، މިނިސްޓްރީން ދޫކުރާ ވަކި ސައްޙަ ލައިސެންސެއް އޮންނަންޖެހޭނެއެވެ.
މި ހުއްދަތައް އަދި ލައިސެންސް ހޯދަން ރާއްޖެއަށް ދުންފަތް އެތެރެކުރާ ފަރާތްތަކާއި، ދުންފަތުގެ ބާވަތްތައް ރާއްޖެއިން ބޭރުކުރާ ފަރާތްތަކާއި، އަދި ގަނޑުކޮށްގެންނާއި ވަކިވަކިން ވިއްކާ ކޮންމެ ފަރާތަކަށް ވެސް ލާޒިމްވާނެއެވެ.
މިޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތައް 15 ޖެނުއަރީ 2025ގެ ނިޔަލަށް އެކުލަވާލަންޖެހެއެވެ. އެހެންކަމުން އެމުއްދަތުން ފެށިގެން ރައްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ސިއްޙަތާ ބެހޭ ވުޒާރާއިން ދޫކުރާ ލައިސެންސް ނަގަން ޖެހޭނެއެވެ.
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު ޢުމުރަކީ 21 އަހަރުކަމަށް މިހާރުވަނީ ކަނޑައަޅާފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0