މަރާލެވިފައިވާ ޔަހޫދީ ރައްބީ ޒްވީ ކޯގަން
ޔޫއޭއީގައި ދިރިއުޅެމުން އައި އިސްރާއީލު-މޮލްޑޯވާގެ ރައްބީ ޒްވީ ކޯގަން މެރުމުގެ ތުހުމަތުގައިވާ އުޒްބެކިސްތާނުގެ ތިން މީހަކު ހޯދައި ހައްޔަރުކުރުމުގައި ތުރުކީން ޔޫއޭއީއަށް އެހީތެރިވެދީފިއެވެ. ތުރުކީގެ އެއްބާރުލުން ލިބުނުކަން ޔޫއޭއީގެ ޚާރިޖިއްޔާ ވުޒާރާއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އިތުރު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ.
ތުރުކީގެ އިންޓެލިޖެންސްއިން ޝައްކުކުރެވޭ ފަރާތްތައް އިސްތަންބޫލަށް ދަތުރުކުރިކަން ދެނެގަނެ، އެއާޕޯޓުން ނުކުތުމާއެކު ފުލުހުން އެމީހުން ހައްޔަރުކޮށްފައިވެއެވެ. ޝައްކުކުރެވޭ ފަރާތްތައް ވަނީ ޔޫއޭއީއަށް ފޮނުވާލެވިފައެވެ. އިސްރާއީލުގެ އޮތޯރިޓީތަކުން ބުނާ ގޮތުގައި ކޯގަން އަމާޒުކުރެވުނީ އޭނާއަކީ ޔަހޫދީއަކަށް ވާތީއެވެ. އަދި މި މަރަކީ ޔަހޫދީންނަށް ދެކޮޅު ޙަމަލާއެއް ކަމުގައި ލޭބަލްކޮށްފައިވެއެވެ. ޔޫއޭއީން އޭނާ މަރާލި ސަބަބު ނުވަތަ ޙާލަތު ހާމަކޮށްފައެއް ނުވެއެވެ.
ޔަހޫދީ ކަލޭގެ މަރާލި 3 ޒުވާނުން
ކޯގަންއަކީ ޗަބަޑްގެ މަންދޫބެކެވެ. އަދި 2020 ގެ އިބްރާހީމް އެއްބަސްވުމަށްފަހު ޔޫއޭއީގައި ޔަހޫދީ މުޖުތަމަޢު ފުޅާކުރުމުގައި އޭނާ ދައުރެއް އަދާކޮށްފައިވެއެވެ. އޭނާ ގެއްލިފައިވާކަމަށް ރިޕޯޓުކުރެވުނީ ބުރާސްފަތި ދުވަހުއެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ އާދިއްތަ ދުވަހުއެވެ. އުޒްބެކިސްތާނުގެ އޮފިޝަލުންވެސް މި ތަޙްޤީޤުގައި އެހީތެރިވަމުންދެއެވެ. ޝައްކުކުރެވޭ ފަރާތްތަކުގެ އުމުރަކީ 28 އާއި 33 އަހަރެވެ. އަދި ޔޫއޭއީގެ އޮތޯރިޓީތަކުން ދޫކޮށްފައިވާ ފޮޓޯތަކުގައި އެމީހުން ފެންނަނީ ބަންދުކުރެވިފައިވާ ޙާލުގައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0