ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ މެންބަރުންގެ އަދަދު ލައްކައަކާ ގާތްކޮށްފި ކަމަށް އެ ޕާޓީގެ ޗެއާޕަސަން އަބްދުއްރަހީމް ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ކަންކަން ބައްލަވާ މީޑިއާތަކާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިހާރު ވެސް ޕާޓީ އަށް 96،000 މެންބަރުން ލިބިފައިވާ ކަމަށެވެ. އަދި ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ޕާޓީއަށް އެއްލައްކަ މެންބަރުން ހަމަކުރުން ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންފުޅުވެވަޑައިގެންނެވީ އެ ޕާޓީގެ މެންބަރުންގެ އަދަދު 75،000 އަށް އިތުރުކުރައްވަން ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންފުޅުވެ ވަޑައިގެންނެވި އަދަދަށްވުރެ ގިނައިން ޕާޓީއަށް މެންބަރު އިތުރުކުރެވޭނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 100،000 މެންބަރުންނާއެކު ހަރަކާތްތެރިވާ ފުރަތަމަ ސިޔާސީ ޕާޓީއަށް ޕީއެންސީ ވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީއެންސީން ވެރިކަމާ ހަވާލުވިއިރު އެ ޕާޓީގައި ތިބީ މަދު އަދަދެއްގެ މެންބަރުންނެވެ. އެކަމަކު މި ސަރުކާރަށް އަހަރުވި އިރު މެންބަރުންގެ އަދަދު އެތައް ގުނަކަށް އިތުރުވަމުން އައުމުން ދޭހަވަނީ ރައީސްގެ ސިޔާސަތު އާއްމުން ބަލައިގަތުން ކަމަށެވެ. އަދި ޕާޓީ ހިންގެވުމަށް ރައީސް ގެންގުޅުއްވާ އުސޫލުތައް ވަރުގަދަވުމުން ކަމަށްވެސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
28 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0