ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް
4000 ފްލެޓް ގެ ތެރެއިން ކަސްޓަމްސް ގެ މުއައްޒަފުންނަށް ދޭން ނިންމި 100 ފްލެޓް ހައުސިން މިނިސްޓްރީން ކަނޑައަޅައި އިއުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާސްޓްރަކްޗާއިން ކަސްޓަމްސް އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކަސްޓަމްސް އިން އެ މިނިސްޓްރީއަށް ފޮނުވި ސިޓީގައި 3 ކޮޓަރީގެ 96 ފްލެޓާއި 2 ކޮޓަރީގެ ހަތަރު ފްލެޓަށް އެދިފައި ވާ ކަަމަށެވެ.
މިތަނުން އެންމެ ބޮޑަށް އިސްކަން ދީފައި ވާނީ ގެދޮރުވެރިޔާ ސްކީމް ގެ ދަށުން ފޯމު ހުށައަޅާފައި ވާނަމަ ހުށައަޅާފައިވާ ކެޓަގަރީއަކުން ފްލެޓް ދޫކުރުމަށް ކަމަށެވެ.
މީގެ އިތުރުންވެސް ސިޓީގައި ވަނީ ކަސްޓަމްސް ގައި ހިމެނޭ 67 ފރާތަކުން 3 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައިވާ ކަމަށާއި، 12 ފަރާތަކުން 2 ކޮޓަރީގެ އެޕާރޓްމެންޓް ހޯދުމަށް ހުށައަޅާފައި ވާ ކަމަށެވެ. އަދި ލިސްޓުގައި ހިމެނޭ 2 ކޮޓަރިއަށް އެދުނު ފަރާތްތަކަށް 2 ކޮޓަރީގެ އެޕާރޓްމެންޓް ހަމަ ޖައްސާފައިވާނެކަމަށާއި އެހެން ފަރާތް ތަކަށް ހަމަ ޖައްސައިފައިވާނީ 3 ކޮޓަރި ކަމަށެވެ.
މި ފަރާތް ތަކަށް ލިބޭ ޔުނިޓް ކަނޑައެޅުމަށްފަހު، އެގްރީމެންޓްގައި ސޮއި ކުރުމުގެ ކަންތައްތައް ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
މި ސިޓީއާއި އެކު 100 ފްލެޓް ލިބުނު ފަރާތް ތަކުގެ ނަންތައް ވަނީ ކަސްޓަމްސް އަށް ފޮނުވާފައެވެ.
ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން މާލެ ސަރަހައްދުގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް، ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓް 4 ނޮވެމްބަރުގައި އާއްމު ކޮށްފައިވާއިރު ލިސްޓާއި މެދު ރައްޔިތުން ޝަކުވާ ހުށައެޅުމަށް ވެސް ހައުސިން މިނިސްޓްރީން ހުޅުވާލިއެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0