ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯތިީގެ ފަތްކޮޅު 6500 އަށްވުރެ ގިނަ ފަރާތްތަކަށް ހަވާލު ކުރެވިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މާލޭގެ ސަރަހައްދުން ރައްޔިތުންނަށް ދޫކުރާ 9031 ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން، 6500 އަށްވުރެ ގިނަ ފަރާތަށް ގޯތީގެ ފަތްކޮޅު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މާލެއާ ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައި އޮތް ބޯހިޔާވަހިކަމުގެ ތަކްލީފަށް ޙައްލު ހޯދުމަށް، މި 5 އަހަރު އިސްކަންދިން އެއްކަމަކީ، ރަށްރަށުގެ ބިން އިތުރުކުރުން ކަމަށެވެ.
"މަސައްކަތުގެ އެކި މަރުހަލާގައި ހުރި ޖުމްލަ 7،700 ފުލެޓުގެ މަސައްކަތް މާލޭ ސަރަހައްދުގައި މިހާރު ކުރިއަށް އެބަދޭ. އަތޮޅު ތެރޭގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ފާއިތުވި ފަސް އަހަރުގައި 2732 ހައުސިން ޔުނިޓުގެ މަސައްކަތް އެކި މަރުހަލާގައި ކުރިއަށް ގެންދިޔައިން،" ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
އެގޮތުން ހުޅުމާލެ ފޭސް ތިނަކާ ގުޅީފަޅާ ގިރާވަރު ފަޅު އަދި އުތުރު ތިލަފަޅަކީ މާލެއަށް އޮތް ހައްލު ކަން ރައީސް ފާހަަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މި ސަރަހައްދުގައި މިހާރުވެސް 7،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުން އަންނަކަމަށެެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0