އާ ކެބިނެޓް ހުވާ ކުރުން މާދަމާރޭ 19:30 ގައި

Aa cabinet huvaa kurun maadhamaa rey 19:30 gai

0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް ހުވާ ކުރެއްވުމާ ފަތްކޮޅު އެރުވުން އޮނާނީ މާދަމާ ރޭ އިރާކޮޅު 19:30 ގަ އެވެ. 

އިންތިހާބީ ރައީސް ޑރ.މުއިއްޒުގެ ކެބިނެޓްގައި ތިއްބަވަނީ 22 މިނިސްޓަރުންނެވެ. އޭގެ ތެރޭގައި އަންހެން 3 މިނިސްޓަރުން ތިއްބަވާނެއެވެ.

ޑރ.މުއިއްޒާއި އެ މަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރައްވާ ރިޔާސީ ދައުރު ފެއްޓެވުމާއެކު އިރާކޮޅު 22 މިނިސްޓަރުން، ރައީސް އޮފީހުގައި ހުވާ ކުރެއްވުމުގެ ރަސްމިޔާތަށް ވަޑައިގަންނަވާނެ އެވެ. އެކަން ކަމަށް ވާންޖެހޭ ހުރިހާ ތައްޔާރެއް މިހާރު ވަނީ ކޮށް ނިންމާގަ އެވެ.

އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ ގިނަ ވެގެން ދިޔަ ނުދެއްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ކުރީން ވިދާޅުވެފަ އެވެ. 

 

ޑރ.މުއިއްޒު ވިދާޅުވެފައިވާ އެ މަނިކުފާނު މިނިސްޓަރުން އިހުތިޔާރު ކުރެއްވުމުގައި ބެއްލެވީ އެ ދާއިރާއަކާ ގުޅޭ ބޭފުޅަކު އަދި އެދާއިރާއަކުން ކިޔަވާ ވިދާޅުވެގެން ހުންނެވި ތަޖުރިބާކާރު ބޭފުޅުން ނަގަން ކަމަށާއި އެހެން ނުވި ނަމަ ހާސިލު ކުރަން ބޭނުންވާ ނަތީޖާއަށްޓަކައި ހިންގުމުގެ ގޮތުން ހަވާލު ކުރާ ޕޯޓްފޯލިއޯއެއް ހިނގޭނެ ފަދަ އަދި ހިންގުންތެރި ބޭފުޅުންނަށް ވެސް ފުރުސަތު ދޭން ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ރައްޔިތުން ފަހުރުވެރިވާނެ ނަތީޖާ ނެރެދެވޭ ފަދަ ޓީމެއް ކަމަށާއި އުންމީދު ކުރައްވާ ގޮތަށް އަދި ރައްޔިތުން އެ މަނިކުފާނުގެ ކިބައިން އެދޭ ގޮތަށް މަސައްކަތް ކުރެވޭވަރުގެ ޓީމެއް ކަމަށެވެ. 

"އެއީ ސަރުކާރަކީ، ސަރުކާރުގެ އެންމެ މަތީ ފަޑީގަ ތިބޭނީ އަޅުގަނޑަށް އެއިން ކޮންމެ ބޭފުޅެއްގެ މައްޗަށް ފަހު ބަސް ބުނެވޭ މީހުން، އަޅުގަނޑު ބަހެއް ބުނީމާ ކަމެއް ކުރަން ވަކި ގޮތަކަށް ދެންނެވީމާ އެ ބޭފުޅަކު އެހެން ބޭފުޅެއްގެ އެޕްރޫލްވަން ހޯދަން ޖެހޭ ބޭފުޅަކު އަޅުގަނޑު ނުލާނަން އަޅުގަނޑު ރައްޔިތުންނަށްވީ ވައުދުތައް ރަނުން ރަނަށް ފުރިހަމަކޮށް ކޮމިޓްމެންޓާ އެކީގައި ރެއާ ދުވާލު ހޭލާ ހުރެ މަސައްކަތް ކުރަން ޖެހުނަސް ކުރެވޭވަރުގެ ބޭފުޅުން." 

 

1. ހޯމް މިނިސްޓަރު - އަލީ އިހުސާން

2. އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

3. އެޑިއުކޭޝަން މިނިސްޓަރު - ޑރ. އިސްމާއިލް ޝަފީއު

4. ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ހަލީލް

5. ސްޕޯޓްސް މިނިސްޓަރު - ޑރ. އަބްދުﷲ ރާފިއު

6. އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް

7. ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް

8. ޓޫރިޒަމް މިނިސްޓަރު - އިބްރާހިމް ފައިސަލް

9. ޔޫތު މިނިސްޓަރު - އިބްރާހިމް ވަހީދު (އަސްވާޑު)

10. އެގްރިކަލްޗާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ

11. ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)

12. ޖެންޑާ މިނިސްޓަރު - ޑރ. އައިޝަތު ޝިހާމް

13. ހައުސިން މިނިސްޓަރު - ޑރ. އަލީ ހައިދަރު

14. ޑިފެންސް މިނިސްޓަރު - ޣައްސާން މައުމޫން

15. ލޯކަލް ގަވަނަންސް މިނިސްޓަރު - އާދަމް ޝަރީފް

16. ބަންޑާރަ ނައިބު - އަހްމަދު އުޝާމް

17. ތިމާވެއްޓާ ބެހޭ މިނިސްޓަރު - ތޯރިގު އިބްރާހިމް

18. ފިޝަރީޒް މިނިސްޓަރު - އަހްމަދު ޝިޔާމް

19. ފޮރިން މިނިސްޓަރު - މޫސާ ޒަމީރު

20. ހަޔަ އެޑިއުކޭޝަން މިނިސްޓަރު - ޑރ. މަރިޔަމް މާރިޔާ

21. ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރު އިބުރާހިމް

22. އެކޮނޮމިކްސް މިނިސްޓަރު - މުހައްމަދު ސައީދު

ޑރ.މުއިއްޒު ވިދާޅިވެފައިވާ ގޮތުގައި އެ މަނިކުފާނުގެ ސަރުކާރާއި ކެބިނެޓް އެކުލަވައިލައްވަނީ ގޭގައި އަރާމުކޮށް ނިދާފައި ތިބެން ނޫން ކަމަށާއި ސަރުކާރު އެކުލަވައިލައްވާނީ ރެއާ ދުވާލު ބުރަ މަސައްކަތް ކުރަން ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ އެމަނިކުފާނާމެދު ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން އޮންނާނެ ކަމަށާއި އެ މަނިކުފާނުގެ ސަރުކާރުގެ ޓީމް، 22 މިނިސްޓަރުންނާއި ކުންފނިތަކުގެ ވެރިންގެ މައްޗަށް އެކުލަވައިލައްވަނީ ސިދާ ނަތީޖާ ނެރެން ކަމަށެވެ.

"އެ ޓީމް އެކުލަވާލަނީ ރިޒަލްޓް އޮރިއެންޓެޑް، ސީދާ ނަތީޖާ ނެރެން، އެނޫން އެއްވެސް ކަމަކާ ވިސްނާކަށް ނޫން، ނުދޭނަން ނޯންނާނެ އެ ފުރުސަތެއް އޮތީ ސީދާ ނަތީޖާ، އެ ނަތީޖާ ނެރުން ނޫން ކަމެއް ނުކުރާނެ އެއިން އެއްވެސް ބެފުޅަކު" ޑރ.މުއިއްޒު ވިދާޅުވި އެވެ.  

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

4000 flat ah sharuthu hamavi faraaihthakun aadheetha dhuvahu housing ministry ah

4000 ފްލެޓަށް ޝަރުތު ހަމަވިކަމަށް ލިސްޓުގައިވާ ފަރާތްތައް އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީ އަށް ދަނީ

0

Konme dholhu gadi akun israel sifainge meehaku valhulan jehey

ކޮންމެ ދޮޅު ގަޑިއަކުން އިސްރާއީލު ސިފައިންގެ މީހަކު ވަޅުލަންޖެހޭ

0

Fuluhunge belumuge dhashugai oiy thin short egge verifaraai hoadhanee!

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތިން ސޯޓެއްގެ ވެރިފަރާތް ހޯދަނީ!

0