އޮންލައިން ޓްރޭޑިންއަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އަލްހާން އިސްވެ ހުރެ ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ފައިސާ ނަގާ ބޮޑު ސްކޭމްއެށް ހިންގި ކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތު ކޮށްފައެވެ. މާލީ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމުން އެ އިދާރާތަކުން ވަނީ މިފަދަ ފަންޑުތަކީ ދެމެހެއްޓެނެވި ގޮތެއްގައި ހިންގޭނެ ފަންޑުތަކަށް ނުވާތީ އެ ފަންޑަށް ފައިސާ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
އެހެންނަމަވެސް އަލްހާނާ އޭނާގެ ޓީމުން ދިޔައީ މާލީ އިދާރާތަކަށް ގޮންޖަހާ އެ ފަންޑު ނުހުއްޓުވޭނެކަމަށް ބުނެ، އިންވެސްޓްކުރި މީހުންނަށް ފައިސާ ދޭކަމަށް ވެސް ބުނަމުންނެވެ.
އޮންލައިން ޓްރޭޑިންއަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރަން ފެށުނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. މި މައްސަލައިގެ ތަހްގީގް ނިންމާ ފުލުހުން މިހާރު ވަނީ ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ އެ މައްސަލާގައި ދައުވާކުރަން ފުލުހުން ފޮނުވާފައިވަނީ، އަލްހާން ފަހުމީ އާއި ޝަހުބާން ފަހުމީއާއި، އެމީހުން ވިޔަފާރިކުރި ކުންފުނި ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މައްޗަށެވެ.
އޮންލައިން ޓްރޭޑިން އަށް އިންވެސްޓްކުރުމުގެ ނަމުގައި އެތައް ބައެއްގެ އަތުން މިލިއަނުން ރުފިޔާ ނަގާ އޮޅުވާލިކަމުގެ ތުހުމަތުގައި އަލްހާނަށް ދައުވާކުރަން ފޮނުވާފައިވާއިރު، އޮޅުވާލައިގެން މީހުންގެ އަތުން އޭނާ ނަގާފައިވަނީ ކިހާ ޢަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމައެށް ނުކުރެއެވެ.
އަލްހާންގެ މައްޗަށް ކޮށްފައިވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން އާއްމުންނަށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ޤަވައިދާ އުސޫލްތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާ އެ ފައިސާ ލޯންޑަރ ކޮށްފައިވާކަމުގެ ދައުވާއެވެ.
ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ވަނީ މި ފަދަ ފަންޑުތަކަށް އިންވެސްޓްކޮށް ފައިސާ ނުލިބި ތިބި މީހުން އެކަން އެ އިދާރާއަށް އަންގާދިނުމަށް އެދިފައެވެ. އިންވެސްޓްކުރި މީހުން އެމީހުންނަށް ލިބުނު ގެއްލުންތައް އަންގާ މިކަމުގައި ޖިނާއީ ތަހުޤީގެއް ހިންގަން ފެށުމުންވެސް މި ކަމަކީ މަދަނީ މައްސަލައެއްކަމަށް ބުނެ އެކަމަށްވެސް އަލްހާން ވަނީ ފާޑު ކިޔާފައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0