އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރިން ކަމުގައިވާ، ކުރީގެ ނައިބު ރައީީސް އަދި ޓޫރިޒަމް އަޙްމަދު އަދީބު އާއި ކުރީގެ އެމްޑީ ޒިޔަތަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މަޢާފު ދެއްވުމުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
ދުންޔާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްގެ އުސޫލު ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު، ރާއްޖޭގެ ތާރީޚުގައިވެސް ހިނގި އެންމެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރިން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި މިއީ ކޮންފަދަ ލެގަސީއެއްތޯ ވެސް އެކަމަނާ ސުވާލު ކުރެއްވިއެވެ.
އަދީބާއި ޒިޔަތު މިނިވަން ކުރުމުން ރައީސް ޞާލިޙުއަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އެމްއެމްޕީއާރްސީގެ މައްސަލަ ބަލައި، ދައުލަތަށް ގެއްލުނު ފައިސާ އިޔާދަ ކުރަން އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދު ނުފުއްދުނުއިރު، ޚިޔާނާތުގެ މުގުލުގައި ތިބި ދެ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާއްމުން ދަނީ ބުނަމުންނެވެ.
އެމްއެމްޕީއާރްސީގެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ވ.އާރަށް ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅޭ މައްސަލައިގައި، އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންނެވެ. އެމަނިކުފާނާއި ދެކޮޅަށް މައިގަނޑު ހެކިންގެ ގޮތުގައި ދައުލަތުން ބޭނުންކުރީ، މިނިވަންވުމާއި ހަމައަށް ވެސް ގޭބަންދުގައި ހުންނެވި އަދީބާއި ޒިޔަތެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0