އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ރައީސް ސޯލިހް މަޢާފް ދެއްވައި މިނިވަން ކުރުމާއިއެކު ފިކުރަކީ ކަސްތޮޅު އަޅައި މަރާލެވޭނެ އެއްޗެއް ނޫންކަމަށް އަހިމަދު އަދީބު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު ޢަދީބާގެ އުތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒިޔަތަށް ވެސް ރައީސް ސޯލިހް ވަނީ މަޢާފް ދެއްވާފައެވެ.
އަދީބް މިނިވަން ކުރެއްވުމާއިއެކު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިކުރަކީ ޖަލަށް ލެވޭނެ އެއްޗެއް ނޫން ކަމަށާއި އެއީ ބޮޑުވެ ފުޅާވެ ފެތުރިގެންދާނެ އެއްޗެއް ކަމަށެވެ.
"އެންމެ އަނދިރި ކުޑަ ގޮޅިން ފެށިގެން މުޅި ގައުމުގެ އެކި ކަންކޮޅަށް ފިކުރު ފެތުރޭނެ. އެއީ ކަސްތޮޅު އެޅުވޭނެ އެއްޗެއް ނޫން" އަދީބްގެ ޕޯސްޓްގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބް ހައްޔަރުކުރީ އެ ވެރިކަމުގައި ނައިބް ރައީސްގެ ގޮތުގައި ހުންނަވަނިކޮށް 2015 ވަނަ އަހަރުއެވެ. އޭރުން ފެށިގެން އިއްޔެއާ ހަމައަށް އަދީބް ހުންނެވީ ޖަލު ބަންދުގައި ނުވަތަ ގޭބަންދު ގައެވެެ.
އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 5 އޮކްޓޫބަރު 2020ގައެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައިވެއެވެ. އޭގެފަހުން އަދީބު ހުންނެވީ ގޭ ބަންދުގައެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ ޒިޔަތު ގެންދެވީ 31 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވަމުންނެވެ. ނަމަވެސް ޒިޔަތުވެސް ހުކުމް ތަންފިޒް ކުރައްވަމުން ގެންދެވީ ގޭ ބަންދުގައި ހުންނަވައިގެންނެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0