އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގުމާ އެއްގޮތަށް ފްލެޓް ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް، ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އޭސީސީން މިގޮތަށް ރޭ އެންގީ، ޕްލޭނިން މިނިސްޓްރީން ފްލެޓުގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދިނުމަށް ފަހު، އަލުން ދާއިމީ ލިސްޓު އާންމުކުރި ފަހުންނެވެ.
އޭގެ ފަހުން ވެސް ފްލެޓް ހަވާލު ކުރާ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރުނެވެ.
ނަމަވެސް ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފްލެޓް ލިބުނު ދާއިމީ ލިސްޓަށް ފްލެޓް ހަވާލު ކުރުން މި ވަގުތަށް ހުއްޓާލުމަށް އޭސީސީއިން އަންގާފައިވާތީ އެ ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން މިހާރު އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭސީސީއިން ޕްލޭނިން މިނިސްޓްރީއަށް ރޭ ފޮނުވި ސިޓީގައި ބުނެފައި ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި، އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާ ކަމާއި، ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުގެ ސައްހަކަން ޔަގީންކުރެވެން ހުރި ހާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަަމަށް އޭސީސީން އެ ސިޓީގައި ބުނެފައިވެއެވެ.
އޭސީސީން އެގޮތަށް އެންގިއިރު، ފްލެޓު ލިބޭ ފުރަތަމަ 4،000 މީހުންގެ މެދުގައި ގުރުނެގުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ވަނީ ރޭ ކުރިއަށް ގެންގޮސްފައެވެ.
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ފުރަތަމަ އިއުލާން ކުރީ މިމަހުގެ ހަތަރެއްގައެވެ. އެ ލިސްޓާއެކު ގެޒެޓުކުރި އިއުލާނުގައިވާ ގޮތުން ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރޭގައި ހިމެނެނީ، ތިން ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 76 ޕޮއިންޓުން ފެށިގެން މަތިން ލިބޭ މީހުންނާއި ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަމަ 73އިން ފެށިގެން މަތިން ޕޮއިންޓް ލިބޭ މީހުންނެވެ.
އެ ލިސްޓާ މެދު ގިނަ ބަޔަކު ނުރުހުންވެ، ޕްލޭނިން މިނިސްޓްރީގެ އޮފީހަށް އެއްވެ އިހުތިޖާޖު ކުރި ފަހުން، ފްލެޓު ދިނުމުގެ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން މިމަހުގެ ފަހެއްގައި އެންގިއެވެ. އެ ކޮމިޝަންގެ ތަހުގީގު ތެރެއިން، ޕްލޭނިން މިނިސްޓްރީއަށް ގޮސް ވެސް މަސައްކަތްތަކެއް ކުރިއެވެ.
ތިން ކޮޓަރީގެ ފްލެޓް ކުލި 8،000 ރުފިޔާ، ދެކޮޓަރިއަށް 6،000އިތުރަށް ވިދާޅުވުމަށް ޕްލޭނިން މިނިސްޓްރީން ދާއިމީ ފްލެޓު ލިސްޓު ނެރެ ރޭ ކުރި އިއުލާނުގައި ވަނީ، ތިން ކޮޓަރީގެ އެޕާޓްމެންޓު ފުރަތަމަ ލިބޭ މީހުންގެ ތެރޭގައި 75 ޕޮއިންޓު ލިބުނު ބައެއް މީހުން ވެސް ހިމެނޭނެ ކަމަށް ބުނެފައެވެ. އެގޮތުން 76އިން ފެށިގެން މަތީ ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދިނުމަށް ފަހު ބާކީވާ ތިން ކޮޓަރީގެ ފްލެޓުތަކަށް، 75 ޕޮއިންޓު ލިބުނު މީހުންގެ މެދުގައި ގުރު ނަގައި ފްލެޓު ދޭނެ ކަމަށް ބުނެފައިވެއެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0