ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިރުމަށް މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާއާއެކު ޕެޓިޝަނެއް ހުށަހަޅާ އަދި، މައްސަލަ ސުޕްރިމް ކޯޓުގައި ކުރިޔަށް ދަނިކޮށް، ދުބާއީގައި އޮންނަ 17 ވަނަ ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސްގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ބައިވެރިވެ ވަޑައިގެންފިއެވެ.
މި ބައްދަލުވުމުގެ އެޖެންޑާގައި ވާގޮތުން މި ބައްދަލުވުމުގައި ނަޝީދު ތަގުރީރު ކުރައްވާނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ނަމަވެސް މި ކޮންފަރެންސަށް ނަޝީދު ފުރާވަޑައިގެންނެވިކަން ރައްޔިތުންގެ މަޖިލިހުގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައެއް ނުވެއެވެ. މަޖިލިސް ރައީސްގެ ހައިސިއްޔަތުން ނަޝީދު ކުރައްވާ ދަތުރުފުޅުގެ ޚަބަރުތައް ފާއިތުވެދިޔަ ތަނުގައި މަޖިލިސް އިދާރާއިން ރަސްމީކޮށް ހާމަ ކުރެއެވެ.
މި ކޮންފަރެންސަށް ނަޝީދަށް ރަސްމީ ދައުވަތެއް ލިބުކަން ޔަގީން ކުރެވިފައި ނުވާއިރު، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ކޮންފަރެސްގައި ނަޝީދު ބައިވެވަޑައިގަންނަވަނީ އަމިއްލަފުޅަށް އެދިވަޑައިގެންނެވެ. މި ކޮންފަރެންސް އިންތިޒާމްކުރާ ހެންލޭ ގުލޯބަލް ވެބްސައިޓުގައި ވާގޮތުން، ކޮންމެ ފަރާތަކަށްވެސް މި ކޮންފަރެންސްގައި ތަގުރީރު ކުރުމަށް އެދެވިދާނެއެވެ.
ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސްގައި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ތަގުރީރު ކުރެއްވުމަށް ނަޝީދު ދުބާއީއަށް ވަޑައިގެންފައިވާއިރު، ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރުމަށް އެންމެފަހުން އެމްޑީޕީން މަޖިލިހަށް ވެއްދި ޕެޓިޝަންގައި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ 48 މެމްބަރަކު ސޮއިކޮށްފައި ވެއެވެ. އެގޮތުން، ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުންގެ އަދަދަށް ބަލާއިރު، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދު ނަޝީދު މަޖިލިސް ރިޔާސަތުން ދުރުކުރުމަށް އޮތްކަން ހާމަވެއެވެ. ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާ އަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުންނެވެ. 19 ވަނަ މަޖިލީހުގައި ތިއްބެވީ 87 މެންބަރުން ކަމަށް ވުމުން، ނަޝީދު ވަކިކުރުމަށް ބޭނުންވާނީ 44 މެންބަރުންގެ ވޯޓެވެ.
ގިނަ ބަޔަކު ބުނަމުންދަނީ، ނަޝީދު މަގާމުން ވަކިކުރުމަށް މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް، މަޖިލިސް ރައީސްގެ ހައިސިއްތުން މަޖިލިސް ތަމްސީލު ކުރުމުގެ ހައިސިއްޔަތު ނަޝީދަށް އޮވެގެން ނުވާނެ ކަމަށެވެ. ނަޝީދު މަޖިލިހުގެ ރިޔާސަތުން ދުރުކުރުމަށް މަޖިލިސް ނާއިބު ރައީސް އީވާގެ އެއްބާރުލުން ނުލިބިގެން މައްސަލަ އެމްޑީޕީން މިހާރުވަނީ ސުޕްރިމް ކޯޓަށް ހުށަހަޅާފައެވެ. ބެލެވޭ ގޮތުގައި ސުޕްރިމް ކޯޓުން ވަރަށް އަވަހަށް އެމައްސަލާގެ ހުކުމް އިއްވާނެއެވެ.
7 ވަނަ ގްލޯބަލް ސިޓީޒެންޝިޕް ކޮންފަރެންސް މިމަހުގެ 8 އިން 17 އަށް ކުރިޔަށް ދަނީ ދުބާއީގައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0