ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ''ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023'' ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ
އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކޮންމެ ޒުވާނަކަށް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހޮވޭނީ 40 ޒުވާނުން ކަމަށް ޔޫއެންޑީޕީ މޯލްޑިވްސް އިން ބުނެއެވެ.
ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ ބުރާސްފަތި ދުވަހާއިހަމައަށެވެ.
''މީގެ އިތުރުން ޕްރޮގްރާމު އިންތިޒާމުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަންހެނުންނަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ މަސައްކަތްކުރެވިފައި'' ޔޫއެންޑީޕީ މޯލްޑިވްސް ބުނެފަވެއެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ކުރިއަށް ގެންދާނީ ރާއްޖޭގެ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ވަކީލުންނާއި ޖޭއެސްސީގެ މުވައްޒަފުންނާއި ޑީޖޭއޭގެ މުވައްޒަފުންނާއި ޔޫއެންޑީޕީގެ މުވައްޒަފުން ހިމެނޭހެން ފެސިލިޓޭޓަރުންގެ ޓީމަކުންނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0