މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބޭނެކަމަށް ދާއިމީ ލިސްޓްގައި ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް މާދަމާ ފްލެޓް އެގްރިމެންޓްގައި ސޮއި ކުރަންދިޔުމަށް ނާންގައިފި ނަމަ މާދަމާ ހައުސިން މިނިސްޓްރީ ދޮށައް އެއްވާނެ ކަމަށް އެފަރާތްތަކުން ބުނެފިއެވެ.
އެފަރާތްތަކުން މީގެކުރިން ބުނެފައިވަނީ މާދަމާ ހެނދުނު 10:45 އަށް ހައުސިން މިނޮސްޓްރީ އަށް އެފަރާތްތަކުގެ ހައްގު ހޯދަން އެއްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް މާދަމާގެ އެއްވުން ކެންސަލްކޮށްފައި ވަނީ މާދަމާގެ އެއްވުމަށް އިތުރު ބަޔަކު ވަދެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވަތީ ކަމަށް މި އެއްވިން ރާވާ ހިންގާ އިސްފަރާތަކުން ވަނީ "ފަހި ދިރިއުޅުން ފްލެޓް ޔުނިއަން" ވައިބަރ ގްރޫޕްގައި ބުނެފައެވެ.
އަދި މާދަމާ ރަސްމީ ގަޑީގައި އެފަރާތުން އެދޭ ކަންކަމަށް ޖަވާބެއް ނުލިބިއްޖެ ނަމަ ހޯމަދުވަހު މިނިސްޓްރީ ދޮށައް އެއްވާނެ ކަމުގައި ވަނީ ބުނެފައެވެ.
"މައުލޫމާތު ލިބިފަވާ ގޮތުގައި މާދަމާގެ 10:45 ހައުސިންގ މިނިސްޓުރީއަށް ދާން ފަހި ފުލެޓް ޖަހައިގެން ހިންގާ ބަޔަކުވެސް ދަނީ ރާވަމުން، އަދި މި ކަމުގެ ތެރެއަށް އިތުރު ބަޔަކު ވަދެ ހަމަނުޖެހުން ހިންގަފާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައި. ވީމާ މާދަމާ އަޅުގަނޑުމެންގެ އެއްވެސް މީހަކު މިނިސްޓުރީއަށް ނުދިއުން އެދެން. އަދި މާދަމާގެ އޮފީސް ގަޑީގައި އަޅުގަނޑުމެން އެދޭކަންކަމަށް ޖަވާބެއް ނުލިބިއްޖެ ނަމަ ހޯމަ ދުވަހު އަޅުގަނޑުމެން މިނިސްޓުރީއަށް ދާނެ ވާހަކަ ދަންނަވަން." ފަހި ދިރިއުޅުން ފްލެޓް ޔުނިއަން ވައިބަރ ގްރޫޕްގައި ބުނެފައިވެއެވެ.
"ސަރުކާރަށް ޕުރެސަރު ދީ މިކަން ހަލާކު ކޮށްލުމަށް އުޅޭ ބަޔަކު މާދަމާ 10:45 އަށް ދިއުމަށް ދަނީ ރާވަމުން. ވީމާ މިކަމުގައި އަޅުގަނޑުމެން ބައިވެރި ވެގެން ނުވާނެ. އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައި. ގިނަ އަދަދެއްގެ މުވައްޒަފުން ތިބީ ތަމްރީންކޮށް އެކަމަށް ތައްޔާރުވެގެން. ވީމާ މާދަމާ އަޅުގަނޑުމެން މިނިސްޓުރީއަށް ގޮސް ހަމަ ނުޖެހުމެއް ހިންގަައިފި ނަމަ އެކަމުން ގެއްލުންވާނީ ވެސް އަޅުގަނޑުމެންނަން" ފަހި ދިރިއުޅުން ފްލެޓް ޔުނިއަން ވައިބަރ ގްރޫޕްގައި އިތުރަށް ބުނެފައިވެއެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތައް ގިނަވުމުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 5 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.
އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ހަމައެއް ނެތި ފްލެޓުތައް "ބަހާލާފައި" އޮތުމެވެ. އެތައް ބައެއްގެ ހައްގު ހިމެނޭ ކަމެއްގައި އިންސާފުން ބޭރުވުމެވެ. މި ހިތްދަތިކަން ބޮޑުވަނީ ކޮންމެ ފަހަރަކު ހުޅުވާލާ ފްލެޓްތަކަށް ކުރިމަތިލައި ނާއުއްމީދުވެ، ކުދިކުދި ތަންކޮޅުގައި އުމުރު ހުސްކުރާ މީހުންނަށެވެ.
އެތައް އަހަރެއް ވަންދެން މާލޭގައި ކުއްޔަށް ގަނަތެޅެމުން ދިޔަ މީހުންގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އެ ޝަރުތުތައް ފުރިހަމަ ނުވިޔަސް މަޖިލިސް މެމްބަރުންގެ އާއިލާ އާއި ގާތް ރައްޓެހިންނަށް ފްލެޓުތައް ދިންކަން ހާމައަށް އެނގެން އޮތީމަ އެވެ. އެ މަގު ފަހިވި ހަމައެކަނި ސަބަބަކީ ވެސް ހުށަހެޅި މައުލޫމާތުތައް ކަށަވަރުނުކުރުމެވެ. ފްލެޓަށް އެދި 20،000 އަށް ވުރެން ގިނަ މީހުން ކުރިމަތިލާފައި ވިޔަސް ދިރިއުޅުމުގެ ހާލަތެއް ނުބަލަ އެވެ. ޕޮއިންޓް ދިނީ ހުށަހެޅި މައުލޫމާތުތަކަށް އެކަންޏެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުގެ ދާއިމީ ލިސްޓު ނެރުނު ކަމަށް ބުނެ "މިހާރު" ގައި އެންމެ ފުރަތަމަ ޝާއިއުކުރި ހަބަރަށް 100 އަށްވުރެ ގިނަ ކޮމެންޓު ލިބުނުއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ވެސް ދޮގު ލިޔުން ހުށަހެޅި މީހުންނަށް ފްލެޓު ލިބުނު ކަމުގެ ކަންބޮޑުވުންތަކެވެ.
"އަޅުގަނޑު 27 އަހަރު މިވީ މާލޭގައި އުޅޭތާ ކުއްޔަށް. އަޅުގަނޑު ގެ ގެދޮރެއްނެތް މި އުޑުދަށުގަ އެއް. ޕޮއިންޓަށް ބެލިއިރު އިނީ 43 ލިބިފައި. އަޅުގަނޑު ދަންނަ ރައްޓެއްސެއް ދުވަހަކު މާލޭ އުޅުނު މީހަކު ނޫން އަދިވެސް އޭނާ އުޅެނީ އައްޑޫ ފޭދޫގައި. އޭނާއަށް ލިބިފައި އެބައިން 86 ޕޮއިންޓް. މިއީ ކިހިނެއްވާ ކަމެއްބާވައޭ ހިތަށް އަރައަރާ މި ހުންނަނީ. މީހަކަށް އެއްޗެއް ލިބުނީމަ ހަސަދަ ވެރިވަނީކީ ނޫން. އިއުލާނުކޮަށްފައިވާ ޝަރުތު ހަމަ އެވާގޮތް ނޭނގިގެން މި އުޅެނީ ހަމަ." އެ ހަބަރަށް އައި ކޮމެންޓެއްގައި ވެ އެވެ.
ދިރިއުޅޭ ހާލަތު ވަޒަންކުރުމެއް ނެތި ފްލެޓުތައް ދޭނެ މީހުން ކަނޑައެޅުމަކީ އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާ ކަމެކެވެ. އޭގެ ބަދަލުގައި، ހުރިހާ މޮޅެއް މި ލިބެނީ ކޮންމެ ގޮތަކުން ވެސް ފްލެޓު ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތު ހުށަހެޅި މީހުންނަށެވެ. ދައުލަތުގެ އިދާރާއަށް ދޮގު މައުލޫމާތު ދިނުމަކީ ކުށަކަށް ވިޔަސް، މިހާތަނަށް އޭގެ ފިޔަވަޅެއް އަޅާފައިނުވެ އެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0