ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 30 ބިލެއްގެ މަސައްކަތް ނުނިމި މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި އެބައޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.
އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މިހާތަނަށް ސަރުކާރުގެ ފަރާތުން މަޖިލިހުގެ އިދާރާ އަށް 153 ބިލެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރެއިން 120 ބިލެއް ރައްޔިތުންގެ މަޖިލިހުން ފާސް ކުރުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެއް ބިލެއް މަޖިލިހުން ފާސްނުވާ އިރު، ދެ ބިލެއް ސަރުކާރުގެ ފަރާތުން އަނބުރާ ގެންގޮސްފައިއެވެ.
އެކިއެކި މަރުހަލާތަކުގައި އޮތް ބިލްތަކުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމާ ގުޅޭ ބިލްތައް ކަމުގައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި ރާއްޖޭގެ ރަށްތަކުގެ ބިން ބޭނުން ކުރުމާ ގުޅޭ އުސޫލުތައް އެކަށައަޅާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލުގެ އިތުރުން ވިޔަފާރި އާއި އާންމު ސިއްހަތާ ގުޅުން ހުރި ބިލްތައް ހިމެނެއެވެ.
އަދި މަޖިލިހަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން މަޖިލިހުގެ އެކިއެކި މަރުހަލާތަކުގައި މަސައްކަތް ކުރިއަށްދާ 30 ބިލެއް ހިމެނޭ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އަދި ރާއްޖޭގެ ކޯޓުތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކޯޓުތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށާއި މެޖިސްޓްރޭޓުން އައްޔަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ ގޮތް ބަދަލު ކުރުމަށާއި މެޖިސްޓްރޭޓުން އައްޔަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށާއި ކޯޓުތަކުގެ އިދާރީ ހިންގުމާ ބެހޭ އުސޫލުތައް އިސްލާހު ކުރުމަށާއި ފަނޑިޔާރުންގެ އާ ސުލޫކީ މިންގަނޑެއް ކަނޑައެޅުމަށާއި ފަނޑިޔާރުންގެ ލިވިލް އެލަވަންސް މުރާޖައާކޮށް ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގުފަހިކޮށްދިނުމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަށާއި ފަނޑިޔާރުންގެ ފެންވަރު ބަލައި ވަޒަން ކުރުމާ ގުޅޭ އުސޫލުތައް އިސްލާހު ކުރުމަށްޓަކައި އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާއާ ގުޅުން ހުރި ކަމާބެހޭ ގާނޫނުތައް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ މުހިންމު ގިނަ ބިލްތަކެއް މަޖިލިހުގެ ހުރިހާ މަރުހަލާއެއްގައި ނިމިފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެއިތުރުން ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުލްއުގޫބާތަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަދި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ހުށަހަޅާފައިވާ ބިލްތަކުގެ މަސައްކަތް ވެސް ނިމިފައި ނުވާ ކަމަށް އޭޖީން ބުންޏެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0