ރާއްޖޭގެ އިންތިޙާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު/ އެމްއެންޕީ ގެ ކުރީގެ ރައީސާ މިރްފަތު އިސްމާއީލް ޝަފީގް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސާ މިރްފަތު އިސްމާޢީލް ޝަފީގު އެ ޕާޓީން ވަކިވެއްޖެއެވެ.
މިކަމާއި ގުޅިގެން މިރްފަތު ވިދާޅުވީ، މީގެ މަހެއްހާ ދުވަސްކުރިން އޭނާ އެޕާޓީން ވަކިވެފައިވާ ކަމަށެވެ. އަދި ޕާޓީ ދޫކުރީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާ، އެކަން ކުރީ އަމިއްލަ ސަބަބު ތަކަކަށްޓަކައި ކަމަށެވެ.
މިރްފަތު އިތުރަށް ބުނެފައި ވަނީ އޭނާ ހުރީ މިވަގުތު އެއްވެސް ޕާޓީއެއްގައި ނޫން ކަމަށާ، އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ޕީޕީއެމް ނުވަތަ ޕީއެންސީން ފެނިދާނެ ކަމުގައެވެ.
އެގޮތުން، ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަކުރެއްވުމުގެ ވިސްނުން އޭނާގެ ހުންނެވި އިރު، މުޢިއްޒުގެ ސަރުކާރުގެ މަގާމަކުންވެސް އޭނާ ފެނިދާނެކަމުގެ އިޝާރާތެއް ވަނީ ކޮށްފައެވެ.
ޕީޕީއެމް/ޕީއެންސީގެ އައު ސަރުކާރުގެ ތެރެއިން ނުވަތަ މަޖިލީހުގެ ތެރެއިންވެސް އެ ކޯލިޝަން ތަމްސީލް ކުރައްވަން މިރްފަތުގެ ޝައުގުވެރިކަން ހުރިއިރު، ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މިރްފަތު ހުރި ޕާޓީ، އެމްއެންޕީން ކޯލިޝަން ހަދާފައިވަނީ ވެސް ޕީޕީއެމް/ޕީއެންސީއާ އެކުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0