ނުރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމުގެ މަޝްރޫއު އަށް އިތުރު ފައިސާ ހޯއްދަވައިފިއެވެ.
އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޑރ. މުއިއްޒު އަމިއްލަ ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގަންނަވާކަން އެނގުމުން މެހެމާންދާރީ އަދާ ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ޔޫއޭއީ ސަރުކާރުން ކުރި ކަމަށެވެ.
އެ ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ ބައެއް އިސްވެރިންނާއި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެެފްޑީ) ގެ އިސް ބޭފުޅުންނާއެކު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލްގެ ވާހަކަފުޅުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އަށް ކުރިން ކަނޑައެޅިފައިވާ އަގަށްވުރެ އެތައް ގުނައެއް އަގު އެ މަޝްރޫއު އަށް އުފުލިފައިވާ ކަމަށެވެ.
"ލިބިވަޑައިގެންނެވި ފުރުސަތުގައި ކުރެއްވި މަޝްވަރާގެ ތެރެއިން އެފައިސާ ހަމަޖައްސަވައި ދެއްވުމަށް އަބޫދާބީ ފަންޑުގައި އެދިވަޑައިގެންފައިވޭ. އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް އިން 80 މިލިއަން ޑޮލަރު އެހެން ގޮތަކަށް ދަންނަވާ ނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލްގެ ވާހަކަފުޅުގައި އެ ފައިސާ ހަމަޖެހުމާއެކު ވީއައިއޭ ތަރައްގީކޮށް ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
އަމިއްލަ ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެން ވީއައިއޭ ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ އިންތިހާބީ ރައީސް މުއިއްޒު ހޯއްދެވިއިރު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ނިންމާނެ ކަމަށް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައި ކަމަށެވެ. އިންތިގާލީ މަރުހަލާގައި ލިބިގެން ދިޔަ މައުލޫމާތުތަކަށް ބަލާއިރު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު އަވަހަށް ނިންމެން ނެތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ލިބިވަޑައިގެންނެވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމާލެވެން އޮތީ 2025ވަނަ އަަހަރުގެ ޖުލައި މަހަށް ކަމަށާއި އެއީ އެމަނިކުފާނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށްޓަކައި މިހާރުވެސް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަން ފައްޓަވާފައިވާ ކަމަށް ވިދާޅުވެ އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އިންތިގާލީ މަރުހަލާގެ ތެރޭގައި ވެސް އެއާޕޯޓުގެ މަސައްކަތް އަމިއްލައަށް ބަލާލުމަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
"ސީދާ ރައީސް އޮފީހުގައި ހާއްސަ ކޮމިޓީއެއް މިކަމާ ގުޅޭ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު އިސްވެރިން ހިމެނޭހެން ހަދާނަން. އަދި ކޮމިޓީ އަޅުގަނޑު ޗެއާކުރާ ގޮތަށް ހަމަޖައްސާނަން،" މުއިއްޒު ވިދާޅުވިއެވެ.
މި މަސައްކަތަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އަހަރަކު 7.5 މިލިއަން ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0