ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން މިއަދު އިސްތިޢުފާ ދީފިއެވެ.
މަޖިލީހުގެ ރައީސްގެ މަޤާމުން ނަޝީދު އިސްތިޢުފާ ދީފައިވާކަން ހާމަކުރީ މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގެ ރިޔާސަތުންނެވެ.
ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅި ޤަރާރު ކުރިއަށް ގެންދަން މިއަދަށް ތާވަލުކުރި ދެވަނަ ޖަލްސާ ފެށީ ހަވީރު 16:00 ގައެވެ. އެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް އެވެ.
ޖަލްސާ ފެއްޓެވުމަށްފަހު، މައްސަލައިގެ ބަހުސްގެ ދިގު މިނާއި، ޕާޓީތަކަށް ބަހުސްގައި ބައިވެރިވުމަށް ކަނޑައަޅާފައިވާ ވަގުތު ވިދާޅުވުމަށްފަހު ޝަރީފް ވަނީ މަޖިލީހުގެ ރައީސްގެ އިސްތިޢުފާ ސިޓީ ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި ނަޝީދު އިސްތިޢުފާ ދިނުމުން އެ ބަހުސް ކުރިއަށް ގެންދިޔުމުގެ މާނައެއް ނެތް ކަމަށް ރިޔާސަތުން ވިދާޅުވިއެވެ.
އެއަށްފަހު މެންބަރުން އެދިވަޑައިގަތުމުން ނަޝީދު އިސްތިޢުފާ ދިނުމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ އަށް ފޮނުއްވާފައިވާ ސިޓީ ރިޔާސަތުން ވަނީ އިއްވަވާފައެވެ. އެ ސިޓީ އިއްވުމަށްފަހު ރިޔާސަތުން ވަނީ، އެއީ ނަޝީދު ފޮނުވި އިސްތިއުފާގެ ސިޓީއެއްތޯ ކަށަވަރުކުރުމަށް ނަޝީދު ގާތުގައި އަހާފައެވެ. އަދި ”އާދެ އިއްޒަތްތެރި ރައީސް” އޭ ބުނެ، ނަޝީދު ވަނީ އޭނާގެ އިސްތިޢުފާ މަޖިލީހަށް ކަށަވަރުކޮށް ދީފައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0