ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަަޅާފައިވާ ގަރާރުގެ މަސައްކަތް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ބުނަމުން އައި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ރ) ގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅާފައި ވަނިކޮށް، އެގަރާރުގެ މަސައްކަތް ނުނިމެނީ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކޮށް ގޮތެއް ނުނިންމޭނެ ކަމަށެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސް އީވާއަށް ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ނިންމީ އެ ޕާޓީއާ އެއްކޮޅަށެވެ.
ނަމަވެސް އެ ހުކުމުގައިވާ ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމި އޮތަސް ގާނޫނު އަސާސީން ލާޒިމުކުރާ އެހެން ކަންތައްތައް މަޖިލީހުގައި ކުރެވޭނެ އެވެ. އާ ރައީސް ހުވާކުރައްވާ ޖަލްސާ އަކީ އެފަދަ ކަމެކެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ
"ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާކުރެވޭ ގަރާރު ހުށަހަަޅައި ބަހުސްކުރުމަށް ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަން ޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި ގާނޫނުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން،" ކަމަށެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0