ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމުގެ ގާނޫނީ މަސައްކަތް ފަށާފައިވާ ކަމަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ބުނެފިއެވެ.
އެ މަގާމު ހުސްވީ ނޮވެމްބަރު 15، އިން ފެށިގެން ކުރިން އެ މަގާމުގައި ހުރި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރުމުންނެވެ.
މިނިސްޓަރު އިހުސާން ބުނެފައި ވަނީ، ވަޒީރުގެ މަގާމާ ހަވާލުވުމަށް ފަހު ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތައް ކުރިއަށްދާ ކަމަށެވެ.
"ގާނޫނުގައި އެބަ އޮތް 45 ދުވަހުގެ މުއްދަތެއް ވެސް، މިހާރު ވެސް ގާނޫނީ މަސައްކަތްތައް އެބަ ހިނގާ،" މިނިސްޓަރު އިހުސާން ބުނެފައިވެއެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގައި އޮންނަ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެއްޖެ ހާލަތެއްގައި، ކުރިމަތިލުމަށް ހުޅުވާލަން ޖެހޭނެއެވެ.
އަދި ކުރިމަތިލާ ފަރާތްތައް ޕޮލިސް ބޯޑުން އިންޓަވިއުކޮށް ފެންވަރު ވަޒަން ކުރަން ޖެހެއެވެ. އިންޓަވިއު ކުރުމަށް ފަހު، އެ ކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފައެއް އަރުވަން ޖެހެ އެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ އިހުތިޔާރު އަދިވެސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0