ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށާއި އެކަމާ މެދު އިންފޮމޭޝަން ކޮމިޝަނަރު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ އަދަދު ހާމަނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވެއެވެ.
އެހެންކަމުން، ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ގެއްލުމެއް ލިބޭ ނަމަ އެކަށީގެންވާ މިންވަރަކަށް ސާބިތުކޮށް ދޭންޖެހޭނެ ކަމަށެވެ.
ބޭރު ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި، އިންޑިޔާ ސިފައިންގެ އަދަދު ހާމަ ނުކުރެވޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ސަބަބެއް އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްދީފައި ނުވާކަމަށް ޙުކުމްގައިވެއެވެ.
އެގޮތަށް ނިންމީ ސިއްރު އެއްބަސްވުމަކަށް ރިއާޔަތްކޮށް ކަމަށް އެ ނިންމުމުގައި ބުނެފައި ވިޔަސް، އެއީ އޮތް އެއްބަސްވުމެއްތޯ އާއި އެއްބަސްވުމުގައި ހުރި ކަމަށް ބުނާ ކަންކަން ކަށަވަރު ކޮށްފައިވާ ކަން އެނގެން ނެތް ކަމަށާއި އަދި ހަމައެކަނި އޮތީ އެމްއެންޑީއެފްއިން ބުނާ ބުނުމެއް ކަމަށް ހުކުމުގައިވެއެވެ.
މި ސަބަބުތަކާހުރެ، އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ނުޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމީ އަމަލު ކުރަންޖެހޭ އިޖްރައާތުތަކާ އެއްގޮތަށް ކަމަށް ނުވާތީ އެކަމާ މެދު އެ އޮފީހުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވެއެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ އެ ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ އިސް ފަނޑިޔާރު ޝަހީދެވެ.
ނަމަވެސް، ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވެ، ޚާރިޖީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0