ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާރޭ ނޫސްވެރިންގެ ބައްދަލުވުމެށް ބާއްވަން ނިންމައިފިއެވެ.
މިއީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު ހުވާ ކުރެއްވުމުގެ ކުރިން އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. ޑރ.މުއިއްޒު ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 20:30 ގައި ޒުވާނުންގެ މަރުކަޒުގައެވެ.
ޑރ. މުއިއްޒަކީ ނޫސްވެރިންނާއި ވަރަށް ގާތް ގުޅުމެށް ބާއްވާ ބޭފުޅެކެވެ. އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް އެމަނިކުފާނު ވަނީ ވަކި މީޑިއާތަށް ތަފާތު ކުރުމެއް ނެތި އިންޓަރވިއު ދެއްވުމާއި، މައުލޫމާތު ފޯރުކޮށް ދެއްވުމުގައި ޚާއްސަ އިސްކަމެއް ދެއްވާފައެވެ.
ނޫސްވެރިންނަކީ ބާރުވެރި، އަދި މިނިވަންކަމާއިއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް ޖާގަލިބޭނެ ބަޔަކަށް ހެއްދެވުމަށް ވެރިކަމާއި ހަވާލުވެ ވަޑައިގެން މުހިންމު ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެގޮތުން ބަޖެޓަކުން ފައިސާ ލިބޭނެ ގޮތްތަކެއް ހަމަޖައްސަވައި ނޫސްތަކަށް އޮތް މާލީ ދަތިކަމަށްހައްލު ހޯއްދަވައި ދެއްވުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 17:00 ގައެވެ. އެމަނިކުފާނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0