ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ކެބިނެޓުގެ ކުޅިވަރުގެ ވަޒީރުގެ ހައިސިއްޔަތުން، ދިވެހި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް، ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤްވާމީ ކާމިޔާބީތައް ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރުމުގެ އުފާ ލިބޭ ކަމަށް އަޙްމަދު މަހްލޫފް ބުނެފިއެވެ. މިނިސްޓަރ މި ވާހަކަ ހިއްސާކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
ވަޒީރުކަމުގެ 5 އަހަރުގެ ދައުރަށް އަލިއަޅުވާލާ ކުރި ޕޯސްޓްގައި ގިނަ ވާހަކަތަކެއް މިނިސްޓަރ މަޙްލޫފް ވަނީ ޙިއްސާ ކޮށްފައެވެ. އެގޮތުން ފުޓުބޯޅަ ކުޅޭ ދަނޑުތައް ތަރައްގީ ކުރުމަށް ފެށުނު މަސައްކަތުގެ ތެރެއިން، 150 އަށް ވުރެން ގިނަ ރަށުގައި މަސައްކަތްތައް ކުރިޔަށް ގެންދިޔައިރު، 55 ދަނޑެއްގެ މަސައްކަތް މުޅިން ނިންމާލެވިފައިވާކަމަށް ބުނެފައި ވެއެވެ. އަދި 40 އަށް ވުރެން ގިނަ ވޮލީ ކޯޓު ނިންމުނު ކަމަށާއި، 50 ވަރަކަށް ވޮލީކޯޓުގެ މަސައްކަތްތައް މިހާރު ވެސް ކުރިޔަށްދާކަމަށް ބުންޏެވެ. މީގެ އިތުރުން ކުޑަކުދިންގެ ޕާކު އެޅުމަށް 160 އަށް ވުރެން ގިނަ ރަށަށް ތަކެތި ފޮނުވުނުކަމަށް ވެސް މަހްލޫފް ފާހަގަ ކުރިއެއެވެ.
މި ވާހަކައިގެ ތެރެއިން އިތުރު ކަމެއް ވެސް މިނިސްޓަރ މަޙްލޫފް ފާހަގަ ކުރިއެވެ. އެއީ މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރެއިން މަސައްކަތް ނުނިމިގެން ރަށްރަށުން ކުރާ ޝަކުވާތަކާއި، އެއް ރަށަށް ލިބޭ ޕްރޮޖެކްޓްތައް އަނެއް ރަށަށް ނުލިބިގެން ކުރަމުން ދިޔަ ޝަކުވާތަކުގެ ވާހަކައެވެ. މި މައްސަލައަށް އަލިއަޅުވާލާ މިނިސްޓަރ ބުނެފައިވަނީ، ނުވާކަންކަމުގެ ވާހަކަ ދެއްކުމަކީ މައްސަލައެއް ނުންކަމަށާއި، ނަމަވެސް ގަސްތުގައި އެއްވެސް ރަށަކަށް އޭނާ އިހުމާލުވެފައި ނޯންނާނެކަމަށެވެ. އަދި އޭނާ އަބަދުވެސް މަސައްކަތްކުރީ ހުރިހާ ރަށަކަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެވޭތޯ ކަމުގައި ބުނެފައިވެއެވެ.
މަހުލޫފުގެ ވާހަކައިގައި ދެން ފާހަގަ ކުރީ، ނުނިންމުނު މުހިންމު މަސައްކަތްތަކުގެ ވާހަކައެވެ. އެގޮތުން ސްވިމިންގ ޕޫލް ނުނިންމުނިތީ އެކަމާ ހިތާމަކުރާ ކަމަށާއި، ނަމަވެސް މި މަސައްކަތް ކުރުމަށް ސްވިމިންގ އެސޯސިއޭޝަނާ އެއްބަސްވެވުނު ގޮތާ އެއްގޮތަށް ޕޫލް ތަރައްގީކުރުމަށް ކަނޑައެޅި ބިން އެ ސޯސިއޭޝަނާ ހަވާލުކޮށްފައި އޮންނަތާ 4 އަހަރު ވެފައި ވާކަމަށް ހިއްސާކުރިއެވެ. މި މަސައްކަތަށް އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރިއެވެ.
މީގެ އިތުރުން، ގަލޮޅު ފުޓުބޯޅަ ދަނޑާއި، އައްޑޫ، ފުވައްމުލަށް، ކުޅުދުއްފުށި، އަދި ތިނަދޫ ސިންތެޓިކް ޓްރެކް، ނެޝަނަލް ޓީޓީ ސެންޓަރު، ނެޝަނަލް ބާސްކެޓު ބޯޅަ އެރީނާ، އަދި ނެޝަނަލް ވޮލީބޯލް ޓްރެއިނިންގ ސެންޓަރުގެ އަމަލީ މަސައްކަތް ނުފެށުނީތީ ހިތާމަކުރާކަމަށް ވެސް ބުންޏެވެ. ނަމަވެސް 40 މިލިއަން ޑޮލަރުގެ މި މަސައްކަތްތަކުގެ ފުރަތަމަ މަރުހަލާ މިހާރު ކުރިޔަށްދާތީ ހިންހަމަޖެހޭކަމަށް ވެސް ވަނީ ބުނެފައެވެ.
މިނިސްޓަރުގެ ވާހަކަ ކުރުކޮށްލީ މި މަސައްކަތްތަކުގައި އޭނާ އާއިއެކު މަސައްކަތް ކުރި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރުމަށް ފަހުއެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0