މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް މިދަނީ ހިތްހަމަ ޖެހުމާއެކު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ބުނެފިއެވެ.
މަގާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށްފަހު ގެއަށް މިދަނީ ހިތްހަމަ ޖެހުމާއެކު ކަމަށް މަހްލޫފު ބުނީ، ވެރިކަމުގެ ދައުރު ނިމި، މަހްލޫފްގެ ކެބިނެޓް ޕޯޓްފޯލިއޯ އަންނަ ހުކުރު ދުވަހު ނިމޭ ނިމުމަށް އިޝާރާތްކޮށް ސޯޝަލް މީޑިއާގައެވެ.
މަހްލޫފު ބުނެފައި ވަނީ، ގެއަށް ދަނީ މިއިން ޒަމާނަކު ޔޫތު މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ނުކުރާހާ ގިނަ މަސައްކަތް ކޮށްދިނުމަށްފަހުގައި ކަމަށެވެ. 700 އާއި ގާތްކުރާ އަދަދަށް ތަރައްޤީގެ ޕްރޮޖެކްޓުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ނިމި އަދި ކުރިއަށް ދާނެ ކަމަށް މަހްލޫފް ބުންޏެވެ. އަދި ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެސް ތާރީހުގައި ލިބުނު އެންމެ ބޮޑެތި ބައިނަލްއަޤުވާމީ ކާމިޔާބީ ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްދެވުނުކަމުގެ އުފާ ލިބޭ ކަމަށްވެސް މަހްލޫފް ވަނީ ބުނެފައެވެ.
މަހްލޫފް ބުނީ، ވަކިވެގެންދާއިރު އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. މަހްލޫފް ފާހަގަ ކުރީ، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގާއިމްކުރާ ގަލޮޅު ފުޓުބޯޅަ ދަނޑު، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫގެ ސިންތެޓިކް ޓްރެކު، ނެޝަނަލް ޓީޓީ ސެންޓަރު، ނެޝަނަލް ބާސްކެޓު ބޯޅަ އެރީނާ އަދި ނެޝަނަލް ވޮލީބޯލް ޓްރެއިނިންގ ސެންޓަރުގެ އަމަލީ މަސައްކަތް ނުފެށުނީތީ ދެރަވާ ކަމެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0