ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމެން ދެދުވަހަށް ވެފައިވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދީފިއެވެ. އިއްޔެ ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ލިބުނުކަން ލިޔުމުން ވަނީ އެފުލުހުންނަށް އަންގާފައެވެ. އަދި މިއަދު ބައެއް ފުލުހުންނާއި ރަސްމީކޮށް ޕްރޮމޯޝަން ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮމޯޝަން ދިނީ ކިތަށް ފުލުހުންނަށް ކަމެށް އަދި ސާފެއް ނުވެއެވެ. ނަމަވެސް ހަމައެކަނި އެސިޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ވެސް ފަސް ބޭފުޅަކު ޕްރޮމޯޓް ކުރެއްވިކަމަށް މައުލޫމާތު ލިބެއެވެ.
ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނީ ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އިންތިހާބީ ރައީސްގެ އޮފީހުން އެދިފައި ވަނިކޮށެވެ.
ޕްރޮމޯޝަން ދިންކަން އަންގައި، އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ކޮމިޝަނަރ މުހައްމަދު ހަމީދު ފޮނުއްވި މެސެޖެއްގައި ބުނެފައި ވަނީ އެ ޕްރޮމޯޝަނަކީ މިދިޔަ އޮގަސްޓް މަހު ދޭން ނިންމި ޕްރޮމޯޝަންތަކެއް ކަމަށެވެ. ނަމަވެސް، ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާތީ އަދި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ވިސްނުމުން ދުރުވާން ބޭނުންވާތީ، އޭރު ޕްރޮމޯޝަން ނުދީ މަޑުކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެއްވެސް ސަބަބަކާހުރެ، އެފަދަ ޕްރޮމޯޝަންތައް ދިނުން މުރާޖައާކުރަން ޖެހޭ ނަމަ ނުވަތަ އެއްވެސް ކަހަލަ ފުށުއެރުންތަކެއް ހުރިކަމަށް ފެނިއްޖެ ނަމަ، އެކަންކަން ހައްލުކުރެވޭނީ، އެކަށީގެންވާ މަރުހަލާއަކުން ކަމަށް ކޮމިޝަނަރ ވަނީ މެސެޖްގައި ބަޔާން ކޮށްފައެވެ.
ވެރިކަމުގެ ފަހު ވަގުތުގައި ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިންއިރު މިއަދު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ރިޓަޔާ ކުރަން ވެސް ވަނީ ނިންމަވާފައެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0