ވ. އާރަށް ކުއްޔަށް ދީގެން ރިޝްވަތު ނަގާ، އަދި މަނީ ލޯންޑަރ ކޮށްފައިވާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވާ 11 އަަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމައަށް ތާވަލް ކޮށްފިއެވެ.
ހައިކޯޓުގައި ކުރިޔަށް މި އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުފަހު 2:00 އަށެވެ. މިއީ ފާއިތުވި ރިޔާސީ އިންތިޚާބު ނިމުނުފަހުން ބާއްވާ މި ޝަރީއަތުގެ ދެވަނަ އަޑުއެހުމެވެ. މިމައްސަލާގަ އެންމެ ފަހުން ބާއްވަން ތާވަލްކުރި އަޑުއެހުން ވަނީ ކެންސަލް ވެފައެވެ.
އެންމެ ފަހުގެ އަޑުއެހުމުގައި ޔާމިންގެ ފަރާތުން ދެއްކި ވާހަކަތަކަށް، މާދަމާގެ ޝަރީއަތުގައި ދައުލަތުން ޖަވާބުދާރީ ވާނެއެވެ. އެންމެފަހުން އޮތް ޝަރީއަތުގެ އަޑުއެހުމުގައި ޔާމިން ވިދާޅުވީ ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި، ޝަރީއަތުގެ މި އަޑުއެހުމުގައި ޔާމިން ވިދާޅުވީ ރަށެއް ބޭނުންވެގެން ޔޫސުފް ނައީމް އުޅުއްވިކަމެއް އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި، ރަށްތަކާއި ފަޅުތައް ލިބެނީ ކޮންބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާ ކަމުގައެވެ.
ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މުއާމަލާތުގެ މައްސަލާގައި، ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމަށް ހުކުމްކޮށްއެވެ.
އެހެންނަމަވެސް ވ.އާރަށު މައްސަލައާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައިވާ 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ އާރަށް މައްސަލާގައި ހައިކޯޓުގެ އަޑުއެހުންތައް ނިމި ހުކުމެއް ކުރާނެ ވަކި ތާރީޚެއް އަންދާޒާކުރަން ނޭނގޭތީއާއި، އެ މައްސަލަ ދައުލަތާ އެއްކޮޅަށް ނިމި ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ދަމަހައްޓައިފިނަމަ، އެ ފައިސާ ހޯދުމަށް ތަންފީޒުކުރުމުގެ އަމުރަކަށް އެދުމުގެ އިޚުތިޔާރު ދައުލަތަށް އޮންނާނެތީ، ހައިކޯޓުގައި އޮތް މައްސަލަ ނުނިމެނީސް ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށެވެ.
0%
0%
0%
0%
0%
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0