އަލް އިއްތިހާދުން ޕޯޗުގަލްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ މަގާމުން ވަކިކޮށްފައި ވަނީ ނަތީޖާ ދަށްވުމުން ކަމަށް ސައުދީ ޗެމްޕިއަން ޓީމުން ބުނެފި އެވެ. ސައުދީ ޕްރޯ ލީގުގައި ނޫނޯއަށް ކުރިމަތިވި އުނދަގޫތަކުގެ ސަބަބުން ނޫނޯއަށް ޕްރެޝަރު ކުރިމަތިވިއިރު، އޭޝިއަން ޗެމްޕިއަންސް ލީގު (އޭސީއެލް)ގައި ހޯމަ ދުވަހު އެއާފޯސް ކްލަބް އޮފް އިރާގު އަތުން 2-0 އިން ބަލިވުމުން އެ ކްލަބުން ވަނީ ކުނޑި ވައްޓާލާފަ އެވެ. 2017 އިން 2021 އަށް ވޮލްވަހެމްޕްޓަން ވޮންޑަރާސްގެ ކޯޗުގެ މަގާމުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ޖިއްދާގެ އަލް އިއްތިހާދުގެ ކޯޗުކަން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އޭނާ މިދިޔަ ސީޒަނުގައި އަލް އިއްތިހާދު ސައުދީ ޗެމްޕިއަންކަން ހޯދި ނަމަވެސް ޕްރޯ ލީގަށް ބިދޭސީ ތަރިން ވަނުމުގެ ތެރެއިން ޖޫން މަހު އެ ކްލަބާ ގުޅުނު ފޯވާޑް ކަރީމް ބެންޒެމާއާ އެކު އުނދަގޫ ގުޅުމެއް އޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. "ޕޯޗުގަލްގެ ކޯޗު ނޫނޯ ސަންޓޯއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ނިމުނުކަން ކްލަބުން އިއުލާންކޮށްފި،" ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު އެކްސްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު އަލް އިއްތިހާދު އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ. “މި ނިންމުން އައީ ފުރަތަމަ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދިނުމާ ހަވާލުވެ ހުރި ވޭތުވެދިޔަ މަރުހަލާގެ ފުރިހަމަ ޓެކްނިކަލް އިވެލުއޭޝަނަކަށް ފަހު.”
އެސިސްޓެންޓް ކޯޗު ހަސަން ޚަލީފާ ވަގުތީ ގޮތުން ކޯޗުކަމާ ހަވާލުވާއިރު ކްލަބުން ފައިނަލް ކުރާނީ ނޫނޯގެ ބަދަލުގައި ކުޅޭނެ ކުޅުންތެރިއެއް ކަމަށް އެ ބަޔާނުގައިވެ އެވެ. މި ސީޒަނުގެ އޭސީއެލްގައި އެ ކްލަބަށް ފުރަތަމަ ބަލިވީ އިރާގުން ބަލިވުމުން ކަމަށާއި އެއީ އެ ކްލަބުގެ އަމިއްލަ ލީގެއް ވެސް މެއެވެ. ފަސް މެޗުން މޮޅެއް ނުލިބި އެޓީމު ވަނީ ލީގުގެ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. މީގެ އިތުރުން އަލް އިއްތިހާދާއެކު ސައުދީ އަރަބިއްޔާއަށް ބަދަލުވާނެ ކަމަށް ރިޕޯޓްތައް ބުނުމުން ޑަޗް ކޯޗު އަލްފްރެޑް ޝްރޮއިޑާ ވެސް ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކްލަބް އަލް އައިންއާ ވަކިވެފަ އެވެ. "ޑަޗް ކޯޗު ޝްރޮއިޑާއާ އެކު އެއްބަސްވުމަކަށް އައިސްފައި ވަނީ ކޯޗާއި އޭނާގެ އެސިސްޓެންޓް ޓެކްނިކަލް ސްޓާފުންގެ މެދުގައި އެކުންފުނީގެ އިންސްޓިޓިއުޝަނަލް ވޯކް ސިސްޓަމާ އެއްބައިވަންތަކަން ނެތުމުން،" ކުރިން ޓްވިޓާގެ ނަމުން މަޝްހޫރު އެކްސްގައި އަލް އައިން ބުންޏެވެ.
0%
0%
0%
0%
0%
19 ނޮވެންބަރު 2023
0
11 ނޮވެންބަރު 2023
0
11 ނޮވެންބަރު 2023
0
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

16 ނޮވެންބަރު 2023
0