ޔުއެފާ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ރިޕަބްލިކް އޮފް އަޔަލެންޑް ބަލިކޮށް ނެދަލެންޑްސް އިން ޔޫރޯއަށް ކޮލިފައި ވެއްޖެއެވެ.
ރޭ ނެދަލެންޑްސްގެ ޖޯން ކްރައިފް އެރީނާގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑ 11 ވަނަ މިނެޓުގައި ސްޓެފަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވުޓް ވެގްހޮސްޓެވެ.
ނެދަލެޑްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ވެސް ތަނަވަސް ކޮށްފައެވެ. އެ ޓީމްގެ ހަމަލާތައް ހުއްޓުވުމުގައި އަޔަލެންޑްގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި ގްރޫޕްގައި ރޭ ފްރާންސުން ވަނީ ޖިބްރާލްޓާ ކޮޅަށް 14 ލަނޑު ޖަހައިގެން މޮޅުވެފައެވެ. މި ގްރޫޕުން އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސުން ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. ގްރޫޕްގެ އެއްވަނާގައި ފްރާންސް އޮތީ ކުޅުނު 7 މެޗުން ލިބުނު 21 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި ނެދަލެންޑްސް އޮތީ 7 މެޗުން ލިބުނު 15 ޕޮއިންޓާއި އެކުގައެވެ.
0%
0%
0%
0%
0%
11 ނޮވެންބަރު 2023
0
11 ނޮވެންބަރު 2023
0
10 ނޮވެންބަރު 2023
0
9 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0