ސްޓާލިންކްގެ އިންޓަނެޓް ހިދުމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
ސްޓާލިންކްއަކީ ޓެސްލާ އާއި ޓްވިޓާގެ ވެރިޔާ އިލޮން މަސްކްގެ ޚިދުމަތެކެވެ.
ސްޓާލިންކުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖެއަށް މިހާރު ސްޓާލިންކުގެ ހިދުމަތް ލިބެގެންދާނެ ކަމަށެވެ. އަދި ސްޓާލިންކްގެ ހިދުމަތް ލިބޭ ގައުމުތަކުގެ ޗާޓުގައި ރާއްޖެވެސް މިހާރުވަނީ ހިމަނާފައެވެ.
ސްޓާލިންކު ޚިދުމަތަކީ މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ. ސްޓާލިންކް އިންޓަރނެޓްގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށާއި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށްވެސް ހައިސްޕީޑް އިންޓަރނެޓް ޚިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެ އެވެ.
ސްޓާލިންކް ވެބްސައިޓުގައިވާގޮތުން 4 ސާވިސް ޕްލޭނެއް އިހްތިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބެއެވެ. އެގޮތުން ގޭބީސީތަކުގައި ބޭނުންކުރަން ޙާއްސަ ޕެކޭޖުގައި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭއިރު، މި ހިދުމަތުގެ އަގަކީ މަހަކު ގާތްގަނޑަކަށް 1000 ރުފިޔާ އެވެ. އަދި މި ހިދުމަތް ހޯދަން ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހޭއިރު، އެ ޑިޝް ކިޓުގެ ވިއްކަނީ 10000 ރުފިޔާއަށެވެ.
ސްޓާލިންކް ހިދުމަތް ދިނުމަށް ރާއްޖެއިން ލައިސެންސް ދޫކޮށްފައިވަނީ މިއަހަރު އޯގަސްޓް މަހުގެ 24ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރި 4 ވަނަ ކުންފުންޏެވެ.
0%
0%
0%
0%
0%
9 ނޮވެންބަރު 2023
0
9 ނޮވެންބަރު 2023
0
8 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0