އައްޑޫގެ 1000 ގޯތި މިމަހު ހަވާލުކުރައްވާނެކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫސިޓީގެ 4 އަވަށަކުން ޖުމްލަ 1000 ގޯތި ދޭން ނިންމާ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުއެވެ.
އެ ލިސްޓުގައިހިމެނޭ ފަރާތްތަކަށް ގޯތިދޫކުރެވޭނީ ދެމަރުޙަލާއަކަށް ބައިކުރެވިގެންނެވެ. ފުރަތަމަ މަރުހަލާގައި ގޯތިދޫކުރެވޭނީ ގޯތިދޫކުރުމަށް ފުރުސަތުހުޅުވާ ކުރެވުނު އިޢުލާނުގައި ވާގޮތަށް އައްޑޫގެ 4 އަވަށަކުން ޖުމަލަ 1000 ގޯއްޗެވެ.
ދޫކުރާނީ ހިތަދޫއިން 500 ގޯތި، ފޭދޫއިން 300 ގޯތި، ހުޅުދޫއިން 100 ގޯތި، އަދި މީދޫއިން 100 ގޯތި ކަމަށްވެސް އެ ކައުންސިލުން ބުނެއެވެ.
އެ ލިސްޓުގައިހިމެނޭ އެހެންފަރާތްތަކަށް ދެވަނަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާގޯތި ދޫކުރެވޭނީ އަވަށްތަކަށް އިތުރުކުރެވުނު ބިންތަކުގެ ލޭންޑްޔޫޒް ޕްލޭންހަދައި ސާވޭގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހުގައި ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައިއެވެ.
މީގެ އިތުރުން ކައުންސިލްގެ އަމާޒަކީ 2024 ޖޫންމަހުގެ ނިޔަލަށް މިހާރު އާންމުކުރެވިފައިމިވާ ލިސްޓުގައިހިމެނޭ ހުރިހާފަރާތްތަކަށް ގޯތިދޫކޮށް ނިންމުން ކަމަށާއި، މަސައްކަތްކުރަމުން މިގެންދަނީ، ފުރަތަމަ މަރުޙަލާގައި ދޫކުރުމަށް ހަމަޖެހިފައިވާ 1000 ގޯތި ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީމަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފުރިހަމަކޮށް ޑިސެމްބަރުމަސް ނިމުމުގެކުރިން ގޯތިތައް ލިބެންޖެހޭފަރާތްތަކަށް ހަވާލުކޮށް ނިންމުމަށްވެސް އެ ކައުންސިލުން ވަނީ ސެޕްޓެމްބަރު މަހު ވެސް ބުނެފައިއެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0