އިރާގުގައި ޑްރޯން ހަމަލާ އަމާޒުވެފައިވާ އެމެރިކާގެ މިލިޓަރީ ބޭސްއެއް
އިރާގުގައި ގާއިމުވެތިބި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަކަށް އަނެއްކާ ވެސް ހަމަލާތަކެއް ދީފި އެވެ.
ޑްރޯން ބޭނުން ކޮށްގެން ބުރާސްފަތި ދުވަހު ވެސް އިރާގުގައި ތިން ހަމަލާއެށް އެމެރިކާ ސިފައިންގެ މަރުކަޒުތަކަކަށް އަމާޒުވި ކަމަށް އެމެރިކާގެ އަސްކަރިއްޔާގެ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް މެދުކެނޑުމެއް ނެތި ބޮން އަޅަމުންދާއިރު އެމެރިކާ އިން އަމަލީގޮތުން އިޒްރޭލައް އެހީތެރިވެ އެއްބާރުލުން ދޭތީ ހަމަލާތަކުގެ ރައްދެއްގެ ގޮތުން މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް އަންނަނީ ހަމަލާ ދެމުންނެވެ.
އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އެމެރިކާގެ ސިފައިންގެ މަރުކަޒުތަކަށް 40 އަށްވުރެ ގިނަ ހަމަލާ ދީފައިވެ އެވެ. އަދި އެ ހަމަލާތަކުގައި 56 އެމެރިކާ ސިފައިންނަށް ވަނީ އަނިޔާވެފަ އެވެ.
ހުޅަނގު ބަގުދާދުގައި ހުންނަ ބޭސްއަށް އަމާޒުކޮށް ފޮނުވި ޑްރޯންތަކެށް ވައްޓާލާފައިވާ ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
މި ހަމަލާތަކުގެ ފަހަތުގައި ވަނީ އީރާން ކަމަށް އެމެރިކާއިން ތުހުމަތު ކުރެ އެވެ. މި ތުހުމަތުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0