އަރަބި އަދި މުސްލިމް ލީޑަރުން ޑިމާންޑް ކުރަނީ ޣައްޒާގެ ހަނގުރާމަ ވަގުތުން ނިމުމަކަށް ގެނައުމަށް! ރިޔާޒުގައި ބޭއްވި އާދަޔާ ހިލާފު އިސްލާމިކް-އަރަބި ޖޮއިންޓް ސަމިޓުގައި ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް އިލްތިމާސްކޮށްފައި ވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގައި "އިސްރާއީލުން ހިންގާ ހަނގުރާމަވެރި ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް" ތަހުގީގު ކުރުމަށް ކަމަށެވެ. ސައުދީ އަރަބިއްޔާއިން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އިސްރާއީލަށް ޕްރެޝަރު ކުރަން މަސައްކަތް ކުރިއިރު، އެ މެސެޖު ވަރުގަދަ ކުރުމަށް އެ ރަސްކަމުގެ ޑިފެކްޓޯ ވެރިޔާ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވަނީ އަރަބި އަދި މުސްލިމް ލީޑަރުން އެއްކޮށްފައެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައިސީ އާއި ތުރުކީގެ ރައީސް ތައިބް އުރުދުޣާން އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ތާނީ އަދި މިއަހަރު އަލުން އަރަބި ލީގަށް މަރުހަބާ ކިޔާ ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ހިމެނޭ ގޮތަށް ދިހަވަރަކަށް ލީޑަރުން ބައިވެރިވި އެވެ. ޕްރިންސް މުހައްމަދު ވަނީ އެ ރަސްކަމުގެ "ފަލަސްތީނުގައި ތިބި އަޅުގަނޑުމެންގެ އަޚުންނާ ދެކޮޅަށް ހިންގާ މި ވަލު ހަނގުރާމަ ކުށްވެރިކޮށް، ކެޓަގަރީކޮށް ދެކޮޅު ހަދާ"ކަން ކަށަވަރުކޮށްދެއްވާފައެވެ. "އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އިސްރާއީލުން ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުންތަކަށް ނިމުމެއް ގެނައުމަށް ސަލާމަތީ މަޖިލީހާއި ބައިނަލްއަގްވާމީ މުޖުތަމައު ނާކާމިޔާބުކަން ސާބިތުވާ އިންސާނީ ކާރިސާއެއް،" ސަމިޓުގައި ދެއްވި ތަގުރީރުގައި ވިދާޅުވި އެވެ.
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް "ނަސްލު ނައްތާލުމުގެ ހަނގުރާމައެއް" ކުރިމަތިވެފައިވާ ކަމަށާއި އިސްރާއީލުގެ "އުދުވާނީ ހަނގުރާމަ" ނިމުމަކަށް ގެނައުމަށް އެމެރިކާއަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ ފަލަސްތީނުގެ އިސްލާމިސްޓް ހަނގުރާމަވެރި ޖަމާއަތް ހަމާސްއަށް ރައިސީ ތައުރީފު ކުރައްވައި އިސްލާމީ ގައުމުތަކުން އިސްރާއީލަށް ތެލާއި މުދަލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރެއްވި އެވެ. "އިސްރާއީލާ ދެކޮޅު ހަދަން ނޫން އެހެން ގޮތެއް ނެތް. އިސްރާއީލާ ދެކޮޅަށް ހަމާސް އިން ދެކޮޅު ހަދާތީ އަޅުގަނޑުމެން އަތުގައި ބޮސްދެން،" ރައިސީގެ ޚިޠާބުގައި ވިދާޅުވި އެވެ.
އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން އިސްރާއީލަށް ވަދެ 1،200 މީހުން މަރުވި ފަހުން މެދުއިރުމަތީގައި ވަނީ ދަތިތަކެއް ކުރިމަތިވެފަ އެވެ. އޭގެ ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކޮށް، ހުކުރު ދުވަހުގެ ނިޔަލަށް 11،078 މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން %40 މީހުން މަރާލާފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ. ޣައްޒާ ސިޓީގެ ތޮއްޖެހިފައިވާ ހޮސްޕިޓަލްތަކުގެ ކައިރީގައި ހޮނިހިރު ދުވަހުގެ ނިޔަލަށް ރޭގަނޑުގެ ތެރޭގައި މާރާމާރީތައް ވަރުގަދަވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެ އެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލުގެ އިންކިއުބޭޓަރެއްގައި ތުއްތު ކުއްޖަކު ކަރަންޓް ގެއްލުމުން މަރުވެފައިވާއިރު، އިންޓެންސިވް ކެއާގައި ހުރި ބަލިމީހަކު އިސްރާއީލުގެ ކޮތަޅަކުން މަރުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ. މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ސަގާފީ އިއްތިހާދުތައް ފުނޑުފުނޑުވެފައިވަނީ ރިޔާޒުން އީރާނާ ގާތުން ގުޅިގެން، ހަމާސް ކުށްވެރި ކުރުމަށް, އެމެރިކާއިން ކުރި ޕްރެޝަރާ ދެކޮޅަށް ފަހަތަށް ޖެހި، އިސްރާއީލާ ގުޅުން އާންމު ކުރުމަށް ރާވާފައިވާ ޕްލޭންތައް ހުއްޓާލުމުންނެވެ.
ރައިސީ ސައުދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އީރާނުގެ ވެރިޔަކު ކުރި ފުރަތަމަ ދަތުރެވެ. ޗައިނާގެ ބްރޯކަރެއްގެ ދަށުން ތެހެރާނާއި ރިޔާޒުން އަހަރުތަކެއް ވަންދެން އޮތް ޢަދާވާތްތެރިކަން ރަސްމީކޮށް ނިންމާލީ މާޗް މަހު އެވެ. އިސްރާއީލާއި ފަލަސްތީނާ ދެމެދު ހިނގަމުންދާ ކޯޅުންތަކަށް ދާއިމީ ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ ސުލްޙައިގެ ކޮންފަރެންސެއް ބާއްވަން އުރުދުޣާން ގޮވާލެއްވިއެވެ. "ޣައްޒާގައި ބޭނުންވަނީ ދެތިން ގަޑިއިރު މަޑުޖެހުމެއް ނޫން، އޭގެ ބަދަލުގައި ބޭނުންވަނީ ދާއިމީ ހަނގުރާމަ ހުއްޓާލުމެއް،" ސަމިޓުގައި އުރުދުޣާން ވިދާޅުވި އެވެ.
ގަތަރުގެ އަމީރު ވިދާޅުވީ ހަމާސްގެ ބައެއް ލީޑަރުން ތިބި އޭނާގެ ގައުމުން އިސްރާއީލުގެ ރަހީނުން ދޫކޮށްލުމުގެ މެދުވެރިއަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އިންސާނީ ހަނގުރާމައިގެ އެއްބަސްވުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. "ބައިނަލްއަގުވާމީ މުޖުތަމައު އިސްރާއީލަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ވުރެ މަތީގައި އޮތް ކަހަލަ ގޮތަކަށް ކަންތައް ކުރާނީ ކިހާ ދުވަހަކު ހެއްޔެވެ؟" އޭނާ އަހާލިއެވެ. ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީއެއް އޮންނަ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވިދާޅުވީ "އުތުރު ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލަކީ އިސްރާއީލުގެ ހަމަލާތަކުގެ އަމާޒަކަށް ވެފައި، ތެޔޮ ހުސްވެފައިވާ" ކަމަށެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮތެއް ހޯދަން ޖެހޭ ކަމަށާއި އޭގެ ކުރިން އޭނާ އިތުރަށް ވިދާޅުވީ "އޯއައިސީން އިސްރާއީލުން ކުރި އިންސާނީ އަނިޔާވެރިކަމުގެ ޒިންމާދާރު ކުރުމަށް ހުރިހާ ފަރާތްތަކެއް ބޭނުން ކުރަން ޖެހޭ" ކަމަށެވެ.
ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "ވަގުތުން ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތައް" ފިޔަވައި ޣައްޒާގެ މުސްތަގުބަލާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށެވެ. އަދި ޣައްޒާ ވަށާލުން ހުއްޓާލުމާއި އިންސާނީ އެހީ ހޯދުމާއި އިސްރާއީލަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ވެސް ސަމިޓުގައި ވަނީ ޑިމާންޑްކޮށްފަ އެވެ. ހޮނިހިރު އަދި ހުކުރު ދުވަހު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އާއި އަރަބި ލީގުގެ އާދަޔާ ހިލާފު ދެ ސަމިޓެއް ބާއްވަން ހަމަޖެހިފައި އޮތް ނަމަވެސް ޖޮއިންޓް ސަމިޓެއް ބާއްވަން ނިންމީ ޣައްޒާގެ "އާދަޔާ ހިލާފު" ހާލަތުގެ ސަބަބުން ކަމަށް ސައުދީ ފޮރިން މިނިސްޓްރީން ބުނެ އެވެ. ހަމާސް އިން ވަނީ ސަމިޓަށް އިލްތިމާސްކޮށްފައި ވަނީ "ތާރީހީ އަދި ނިންމާ ނިންމުމެއް ނިންމައި ޒަޔަނިސްޓުންގެ އަނިޔާވެރިކަން ވަގުތުން ހުއްޓުވުމަށް" ފިޔަވަޅު އެޅުމަށެވެ.
ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ދެ މަންދޫބަކު ވިދާޅުވީ އަލްޖީރިއާ އިސްކޮށް ހުންނަވައިގެން ބައެއް އަރަބި ގައުމުތަކުން އިސްރާއީލާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން މުޅިން ކަނޑާލުމަށް ގޮވާލާފައިވާ ކަމަށެވެ. އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ އެހެން އަރަބި ގައުމުތަކުން ފަހަތަށް ޖެހިލީ، ނަތަންޔާހޫގެ ސަރުކާރާ އެކު ޗެނަލްތައް ހުޅުވާފައި ބެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް ކަމަށް އެ ގައުމުތަކުން ބުނެ އެވެ.
ޓެލް އަވީވްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަރަބި ލީޑަޝިޕަށް "ހަމާސްއާ ދެކޮޅަށް ތެދުވުމަށް" އިލްތިމާސް ކުރައްވާފަ އެވެ. "އެކަމުގެ ސަބަބުން ޣައްޒާއަށް ގެނައީ އެންމެ ދެ ކަމެއް - ފަގީރުކަމާއި ލޭ،" ނަތަންޔާހޫ ވިދާޅުވި އެވެ. "ހަމާސް އަކީ އީރާނުން އިސްކޮށް ހަރަކާތްތެރިވާ ޓެރަރިޒަމްގެ ގުރުދާގެ މުހިންމު ބައެއް ކަމަށާއި ޓެރަރިޒަމް އާއި ނަފްރަތުގެ އެ ގުރުދާ މުޅި ދުނިޔެއަށާއި މުޅި އަރަބި ދުނިޔެއަށް ނުރައްކާވާ ކަމަށް ވެސް ވިދާޅުވި އެވެ."
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0