މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކާ ކަމުގެ ތުހުމަތުގައި މީހަކު ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކޮށްފިއެވެ.
ބަނގުރާ ގެންގުޅެ އަދި އެތަކެތި ވިއްކާކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އައްޑޫ ސިޓީއަށް ނިސްބަތްވާ 46 އަހަރުގެ ފިރިހެނެކެވެ.
އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހިތަކެއް ހުރި ފުޅިތަކެއް ފެނިފައިވާ ކަމަށާއި އޭނާގެ އަތުން އެ ގޭގެ ބޭރު ދޮރުގެ ކީ ޓެގް ފެނިފައިވެއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
މާލޭ ފިހާރައެއްްގައި ބަނގުރަލާއި ޑްރަގްސް ރައްކާކޮށް, ފުޅާ ދާއިރާއެއްގައި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ވެސް އޭނާ ހައްޔަރުކުރިއެވެ. އެ ފިހާރަ ބަލައި ފާސްކުރިއިރު 69 ފުޅި ބަނގުރަލުގެ އިތުރުން ބަނގުރާ ކަމަަށް ބެލެވޭ އެއްޗެއް ހުރި ދެ ފުޅިއާއި, މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި, ޕާޓީ ޑްރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނުނެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0