އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޗައިނާގެ ސްޓޭޓް ކައުންސިލަރު ޝީއެން ވައި އައިޖިން ރާއްޖެވަޑައިގެންފިއެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލަރު ރާއްޖެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އެގޮތުން އެ ކަމަނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.
މިކަންހާމަކޮށް މޫސާ ޒަމީރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ވަޑައިގެންނެވި ޗައިނާގެ ރައީސް ޝީޖިންޕިންގެ ޚާއްސަ މަންދޫބަށް މަރުޙަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި ޗައިނާއާއި އެކީ އޮންނަ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަން ކުރާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޗައިނާގެ ސްޓޭޓް ކައުންސިލަރުގެ މި ދަތުރުފުޅު ނިންމަލާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.
އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0