ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު ކޮންޓްރޯލްކުރުން ދޫކޮށްލަން ޖެހިދާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.
ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ދެއްވި ޕްރެސެންޓޭޝަނެއްގައި މަރުކަޒީ ބޭންކުގެ ސީނިއާ ރިސާޗު އެނަލިސްޓު މުޙައްމަދު އިމްތިނާން ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުން ފައިސާ ޗާޕުކުރަން ޕްލޭންކުރާ ނަމަ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރު ވެދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިން ހޯދުމަށް މި ދަނޑިވަޅުގައި ދަތިވެފައިވާ ކަމަށާއި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް އެމްއެމްއޭއިން ދަރަނި ނެގުމަކީ ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށެވެ. އެއީ ބޭރުގެ މާލީ އިދާރާތަކުންނާއި އެ އޮތޯރިޓީން ވެސް ރެކޮމެންޑް ކުރާ ކަމެއް ނޫން ކަން ފާހަގަކުރައްވަމުން އިމްތިނާން ވިދާޅުވީ، މި އަހަރަށް ފައިނޭންސިންގެ ވެގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް އެބޭފުޅުން ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން މަރުކަޒީ ބޭންކުން އެދިވަޑައިގަންނަވައެވެ.
މަރުކަޒީ ބޭންކުން ޑޮލަރުގެ އަގު ކޮންޓްރޯލް ކުރުން ދޫކޮށްލަން ޖެހިދާނެ ކަމަށް ވިދާޅުވެފައިވާއިރު، މިހާރުވެސް ރާއްޖޭގައި ޑޮލަރު ހޯދުނަ ވަނީ ދަތިކަމަކަށްވެފައެވެ. ކަޅު ބާޒާރުގައިވެސް ޑޮލަރުގެ އަގު އުޅެނީ 17- 19 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0