ފ. މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން ރީޖަނަލް އެއާޕޯޓްސް ކުންފުންޏާ ހަވާލުކޮށްފިއެވެ.
އިއްޔަ ނެރުނު ބަޔާނެއްގައި ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފައި ވަނީ، ފިނޭންސް މިނިސްޓްރީ އާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، މަގޫދޫގައި ތަރައްގީކުރާ އެއާޕޯޓުގެ ހިންގުން އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.
އެމްޓީސީސީ އާ 231.5 މިލިއަން ރުފިޔާ އަށް މަގޫދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ގައެވެ. ސަރުކާރުން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.
މަގޫދޫ އެއާޕޯޓުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާލާއިރު، އެ އެއާޕޯޓުގައި އިމާރާތްކުރާ ފަޔާ ބިލްޑިންގެ މަސައްކަތްތައް ވަނީ ނިންމިފައެވެ. މިހާރު ކުރިއަށް ދަނީ ފަސިންޖަރުންގެ ޓާމިނަލްގެ އިމާރާތުގެ ފިނިޝިންގެ މަސައްކަތާއި، ޖެޓުތައް ޕާކުކުރާނެ ސަރަހައްދަކާއި ޖެޓް ފިއުލް ފާމެއް ހެދުމުގެ މަސައްކަތެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނާ ގޮތުގައި، ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ނަމަ، އަންނަ ޖެނުއަރީގައި އެއާޕޯޓު ހިންގަން ފެށޭނެއެވެ.
ފ.މަގޫދޫ ގައި އެއާޕޯޓް އަޅަން މިސަރުކާރުން ނިންމުމާއި ގުޅިގެން އެ އަތޮޅުގެ ނިލަންދޫ ރައްޔިތުން ވަނީ އެކަމާއި ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެނގިފައިވާގޮތުން މަގޫދޫ އާއި ނިލަންދޫ މި ދެރަށަކީ ޒަމާނުއްސުރެ ރަށުގެ ތަރައްގީ އަށް ވާދަކުރާ ދެރަށެވެ.
މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ފ.ނިލަންދޫ ރައްޔިތުން ވަނީ ފ.މަގޫދޫ އަށް ގަދަކަމުން އަރާ ހަމަނުޖެހުން ހިންގާ މަގޫދޫގައި ހުރި ލައިބްރަރީ އާއި އަތޮޅު އޮފީސް ނިލަންދޫ އަށް ބަދަލުކޮށްފައެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0