ފުށިދިއްގަރު ފަޅު
ފުށިދިއްގަރުފަޅު ހިއްކަން ފަށާތާ 8 މަހުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާފަންނު ގަޑިބުރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
މަސައްކަތް ފަށާތާ ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މަސައްކަތް ނިންމާލެވޭނެ ކަމަށާއި އެސަރަހައްދުގައި ގާތްގަނޑަކަށް 1،200 އަކަ ހެކްޓަރު ހުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެވަރު ބޮޑު ފަޅެއް ހިއްކަނީ ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަަލަ ހައްލުކޮށްދިނުމަށްޓަކައިކަން ފާހަގަކުރައްވައި އެމަނުފާނު ވިދާޅުވީ ގައުމީ މައްސަލަތައް ނަގާފައި މި ސަރުކާރުން ކުރިއަށް ގެންދާނެ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަވާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށެވެ.
މީގެ އިތުރުން އެންމެ ގިނަ ރައްޔިތުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމުން އެންމެ ބޮޑު މަޝްރޫއު ކަނޑައެޅުފައި އޮތީ މި ސަރަހައްދަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ގްރޭޓަރ މާލެ ސަރަހައްދުގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއާއި މިހާރު ހިނގަމުންދާ ގުޅީފަޅާއި ގިރާވަރުފަޅުގެ މަޝްރޫއު އިތުރަށް ފުޅާކޮށް އޭގެ ތަނަވަސްކަން އިތުރުކުރައްވާނެ ކަމަށެވެ. އަދި ގިރާވަޅު ފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް އެ ދާ ސްޕީޑް ރަނގަޅުކޮށް، އެ މަޝްރޫއު ވެސް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0