ޣައްޒާއަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފަރަންސޭސިވިލާތުގެ ޑިކްސްމިއުޑް ހެލިކޮޕްޓަރު އުފުލާ އުޅަނދު މެދު އިރުމައްޗަށް ފޮނުވަން ތައްޔާރުވަމުންދާ ކަމަށް ފަރަންސޭސިވިލާތުގެ ރައީސްގެ އޮފީހުން ބުނެފިއެވެ.
ރައީސް އިމަނުއެލް މެކްރޯންގެ އޮފީހުން ބުނީ ޑިކްސްމިއުޑް މިހަފުތާގެ ކުރީކޮޅު ދަތުރުކޮށް ކުރިއަށް އޮތް ދުވަސްތަކުގައި މިސްރަށް ބަނދަރުކުރާނެ ކަމަށެވެ. އަދި 10 ޓަނަށް ވުރެ ގިނަ މެޑިކަލް ސާމާނު ހިފައިގެން ޗާޓަރު ފްލައިޓެއް ފޮނުވުމަށް ނިންމާފައިވާ ކަމަށްވެސް އެގައުމުގެ ރައީސްގެ އޮފީހުން ބުނެފައިވެއެެވެ.
އަދި ނޮވެމްބަރު 23 އަދި 30 ގައި ޔޫރަޕްގެ ފްލައިޓްތަކުގައި މެޑިކަލް އިކުއިޕްމަންޓާއެކު ޔޫރަޕުގެ މަސައްކަތަށް ވެސް ފްރާންސުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ޣައްޒާއިން އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ޒަހަމްވެފައިވާ އަދި ބަލި މީހުން އެގައުމުގެ ހޮސްޕިޓަލްތަކަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފްރާންސުން ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ޔަހޫދީ އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޣައްޒާގެ ސިއްހީ ނިޒާމަށެވެ. އެގޮތުން ތެޔޮ ނުލިބުމުގެ ސަބަބުން ގިނަ ހޮސްޕިޓަލްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑި ވަނީ އެއްކޮށް ބަންދުކޮށްފައެވެ.
އަދި މިހާރު ޚިދުމަތް ދެމުންގެންދާ ހޮސްޕިޓަލުތަކުގައިވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު ބަލި މީހުންނާއި ބޮޑެތި ޒަޚަމްތައްވެ ހާލު ސީރިއަސް ބަލި މީހުންނަށް ފަރުވާ ދިނުމަށް އެކަށީގެންވާ މެޑިކަލް އެކިއުޕްމަންޓްސް ނެތުމުގެ ސަބަބުން ގިނަ ބައެއްގެ ފުރާނައަށް ނުރައްކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ހާމަކޮށްފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0