އަންގާރަ ދުވަހު އިސްރާއީލުން ދިން ބޮމުގެ ހަމަލާއަކާ ގުޅިގެން ޒަޚަމްވެފައިވާ ފަލަސްތީނު މީހުން ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެނީ
ޣައްޒާގެ އަލް ޝުޖައިޔާ ސަރަހައްދުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި 15 މީހުން އަލް ޝިފާ ހޮސްޕިޓަލަށް ގެންގޮސްފި އެވެ. ފަލަސްތީނުގެ ނޫސް އެޖެންސީ ވަފާ އިން ވެސް ދަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށް ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން ނާސިރު ހޮސްޕިޓަލާއި ޔޫރަޕިއަން ހޮސްޕިޓަލަށް ޝަހީދުވި މީހުންނާއި ޒަހަމުވި މީހުން ގެންގޮސްފައިވާ ކަމަށް ރިޕޯޓް ކުރަމުންނެވެ. އިންޑޮނޭޝިއާ ހޮސްޕިޓަލަށް ވެސް ބުދަ ދުވަހު ވެސް އެ ހޮސްޕިޓަލުގެ ކައިރީގައި ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އެ ހޮސްޕިޓަލުން ވެސް ޒަހަމުވި މީހުނައް ފަރުވާދިނުން ކުރިއަށް ގެންދެ އެވެ. އަންގާރަ ދުވަހުގެ ރޭ ޖަބަލީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި ދެ މީހަކު ވަނީ ޣައްޒާގެ އުތުރުގެ އިންޑޮނޭޝިއާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުރި ގެއަކަށް ވެސް އިސްރާއީލުން ދިން ވަރުގަދަ ބޮމުގެ ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ ޒަހަމްވެފައިވާ ކަމަށްވެސް ވަފާ އިން ވަނީ ރިޕޯޓު ކޮއްފައިވެއެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0