ރައީސް ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ ބޯހިޔާވެހިކަމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ކުރިމަތި މީހުންގެ ލިސްޓް، ހައުސިން މިނިސްޓްރީން މިރޭ އާއްމުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ބިންވެރިޔާ ސްކީމު ފޭސް 2 އަދި ގެދޮރުވެރިޔާ ސްކީމް ފޭސް 2 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ފޯރމް ހެށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފޯރމް ހުށަހަޅުއްވާފައިވާ ފަރާތް ތަކުގެ ލިސްޓް މިހާރު ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާނޭ ކަމަށެވެ.
ގެދޮރުވެރިންޕޯޓަލް މެދުވެރިކޮށް ސްކީމަށް ފޯރމް ހުށައަޅާފައިވާ ފަރާތްތެއް، ލިސްޓްގައި ހިމެނިފައި ނުވާނަމަ މިހިނގާ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމުގެ ޝަކުވާ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ބޯހިޔާވެހިކަމުގެ ދެވަނަ ފިޔަވަހީގެ ދަށުން މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފުލެޓަށް ފޯމް ހުށަހެޅުމުގެ ސުންގަނޑި ހަމަވިއިރު، ފުލެޓަށް އެދި 21247 ފޯމް އަދި ގޯއްޗަށް އެދި 19347 ފޯމް ވަނީ ހުށައަޅާފައެވެ.
ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. މި ގޯތިތައް ދޫކުރުމަށް އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް އަދުގެ ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0