ދިވެހި ރާއްޖޭގެ މަސް ދޯންޏެއް
މަހަށް ނިކުމެ އުޅުނު ގެމަނަފުށީ މަސް ދޯންޏެއް ބިންދައިގެން ހިނގައްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި ބިންދައިގެން ގޮސްގެން އުޅެނީ ގެމަނަފުށީ، އޯކިޑު 707 މަސް ދޯންޏެވެ. އެ ހާދިސާ ހިނގައިގެން އުޅެނީ ޏ. ފުވައްމުލައް ބޭރު ކަނޑުގެ ސަރަހައްދުންނެވެ. މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ދޯނީގެ ވެރިންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:40 ހާއިރުއެވެ.
ދޯނި އެއްކޮށް ދެބުރިވެފައިވާއިރު، އެ ދޯނިއަކީ ދަގަނޑު ހޮޅި އަޅާފައި އޮތް ދޯންޏަކަށްވާތީ، އެއްކޮށް ދެބައި ވަކި ނުވާކަމަށްވެއެވެ. އަދި ދޯނީގައި މިވަގުތު ތިބި އެއްވެސް ފަރާތްތަަކަށް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ދޯނިން މައުލޫމާތުދެއެވެ.
އޯކިޑު 707 އަކީ 111 ފޫޓުގެ ބޮޑު ދޯންޏެކެވެ. މީގެ ގާގަނޑަކަށް 6 އަހަރު ކުރިން ބަނދެފައިވާ މި ދޯނިއަކީ 35 މީހުންގެ ޖާގައިގެ ދޯންޏެކެވެ.
މި ދޯނިއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން މަސް ދޯނިތަކުންވެސް ދަނީ އެ ސަރަހައްދަށް ދަަތުރުކުރަމުންނެވެ. އަދި ކޯސްޓު ގާޑުގެ އެހީތެރިކަމަށްވެސް ވަނީ އެދިފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0