ހަމާސް ގެ ބާނީ ޝައިޚް އަޙުމަދު ޔާސީން رحمه الله
އަޙްމަދު އިސްމާޢީލް ޔާސީން އުފަންވެވަޑައިގަތީ 1936 ވަނަ އަހަރު, ފަލަސްޠީނުގެ އަލްޖޫރާ އޭ ކިޔުނު އަވަށުގައެވެ.
1948 ގައި އުމުރުފުޅުން އެންމެ 12 އަހަރުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދެއަތްޕުޅާއި ދެފައިންޕުޅުގެ ވާގި ނެތުނެވެ. ނަމަވެސް ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ހިތުގައިވާ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. މާތް ބިމުގެ ޙައްޤު ގައި ޖިހާދުކުރުމުގެ ރޫޙާއި އެކު އިސްލާމީ ޢިލުމު އުނގެނިވަޑައިގަތީ މިސުރުންނެވެ.
އިޚްވާނުލް މުސްލިމީންގެ ބާނީ ޙަސަން އަލް ބައްނާގެ އައިޑިއޮލޮޖިކަލް މަދަރުސާއިންނެވެ. އެނބުރި ފަލަޞްޠީނަށް ވަޑައިގެން، ޢަރަބި އިސްލާމީ ޓީޗަރެއްގެ ގޮތުގައި ،އިޒުރޭލުގެ އުދުވާނާއި ބިންފޭރުމާއި ދެކޮޅަށް ޖިޙާދީ ރޫޙް ޤައުމުގައި ފެތުރުމަށް ގިނަގުނަ ދަރުސްތައް ދެއްވަމުންދިޔައެވެ.
1982 ވަނައަހަރު، މަޖްދް ގެ ނަމުގައި، އިސްރާއީލުގެ އުދުވާންތަކާއި ކުރިމަތިލުމަށް ފަލަސްޠީނުގެ އެކި ހިސާބުތަކުގައި ގުޅިފައިވާ ފިދާއީ ޔުނިޓްތަކެއް އުފެއްދެވިއެވެ. ރޭވުންތެރިކަމާއި އެކު މި ޔުނިޓުތަކުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންނަށް ހަމަލާ ދޭންފެށުމުން 1985 ވަނަ އަހަރު ހައްޔަރުކޮށް 13 އަހަރަށް ޖަލަށް ލިއެވެ. ނަމަވެސް އަސީރުން ބަދަލުކުރުމުގެ ތެރެއިން 2 އަހަރުފަހުން ދޫކޮށްލެވުނެވެ.
އައު ހިތްވަރާއެކު ނުކުމެ ވަޑައިގެން 1987 ވަނައަހަރު އިސްލާމީ ޖިހާދީ ޙަރަކާތް ހަމާސް ޖަމާއަތް އުފެއްދެވިއެވެ. "ޓެރެރިޒަމް" ހިންގުމުގެ ކުށުގައި 1989 ޝައިޚް ޔާސީން 40 އަހަރަށް އިޒްރޭލުގެ އަނިޔާވެރި ޖަލަށް ލެވުނެވެ. ވާގި ނެތިފައިވާ ހަށިކޮޅަށް ދެވުނު އަނިޔާގެ ސަަބަބުން އެއްލޯފުޅު އަނދިރި ވިއެވެ. 1997 ވަނަ އަހަރު އުރުދުންގެ ހުސައިން ރަސްގެފާނު ގެ އެދިލެއްވުމަކަށް އުރުދުންގެ ޖަލުގައި ތިބި އިޒްރޭލުގެ ޖާސޫސުން ތަކެއް ދޫކޮށްލުމުގެ ޝަރުތާއެކު ޝައިޚް އަނެއްކާވެސް މިނިވަން ވިއެވެ. އޭރު ލޯފުޅުގެ ފެނުމުގެ އިތުރުން އަޑު އިވުމުން ވެސް ވަނީ ވަރަށްބޮޑަށް ނުކުޅެދިފައެވެ. ނަމަވެސް މުސްކުޅިފުޅު ޝައިޚް ގެ ޢަޒުމަކަށް ހިތްވަރަށް ބަދަލެއް ނާދެއެވެ.
2003 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ އަބާއްޖަވެރި ބޮޑުވަޒީރު އޭރިއަލް ޝެރޯން، ޝެއިޚް އަވަހާރަ ކޮށްލުމުގެ އަމުރު އޭނާގެ ސިފައިންނަށް ކޮށްފައިވެއެވެ. ފުރަތަމަ ފައިޓާ ޖެޓްތަކުގައި ގެކޮޅަށް ދެވުނު ހަމަލާއިން، އެވަގުތު ގޭގައި ވަޑައިގެން ނެތުމުން ޝައިޚް ސަލާމަތް ވިއެވެ.
22 މާރޗް 2004 ވަނަ ދުވަހުގެ ފަތިސް ނަމާދު ނިމި ވަޑައިގެން މިސްކިތުން ނިކުތް ވަގުތު މިސައިލް ހަމަލާ ޝައިޚް އަށް އަމާޒުވެ، އިތުރު ނުވަ މީހުނާއެކު ޝަހީދުވިއެވެ.
މާތް ﷲ ޝައިޚް އަޙްމަދް ޔާސީން އަށް ސުވަރުގޭގެ މަތިވެރި ދަރަޖަ ދެއްވާ ޝަހީދުންނާއި އެކު މަޙްޝަރު ކުރައްވާށިއެވެ! އޭރިއަލް ޝެރޯން އާއި އޭނާގެ އައުވާނުން ތާއަބަދުމެ ނަރަކާގައި ލައްވާށިއެވެ! އާމީން!
ޝައިޚް އަޙްމަދް ޔާސީން ވިދާޅުވެފައި ވެއެވެ
- ހަމާސް އަށް މިއަދު އޮތް ހަމައެކަނި މަގަކީ ޖިހާދުގެ މަގެވެ. އަދި މިމަގުން އަހުރެމެން ދީލާ ނުލާނޫއެވެ. އިސްރާއީލުން އަމާންދީ ސުލްހައިގެ މަގު ޚިޔާރު ކޮށްފުމަށް ދާންދެނެވެ.
- އަހަރެމެންގެ ކުރިމަތީގައި ވަނީ ބޮޑެތި ގުރުބާނީ ތަކާއި ކެތްތެރި ކަމަށް ގޮވާލާ މުސީބާތްތަކާއި އުނދަގޫ ތަކެވެ. ނަމަވެސް ﷲ އިރާދަކުރެއްވިޔާ މުސްތަގުބަލު އޮތީ އަހަރެމެންގެ ފަރާތުގައެވެ.
- އެބައިމީހުންނަށް އަހަރެން މަރާލެވިދާނެއެވެ. އެހައި އިރުން އަހުރެން ފަދަ އެއްހާސް މުޖާޙިދުން ނުކުންނާނެއެވެ. އަދި އެއުރެންގެ ފަހަތުން އިތުރު ހާސްތައް އިޤްތިދާ ވާނެއެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0