ޙަމާސާއެކު އަސީރުން ބަދަލުކުރުމުގެ އެއްވެސް އެއްބަސްވުމެއް ނަހަދާނެ ކަމަށާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ފަށައިފައިވާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ޔަހޫދީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ރޭ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދިފާޢީ ވަޒީރު ގެލެންޓާއި ހަނގުރާމައިގެ މަޖިލީހުގެ ވަޒީރު ބެނީ ގެންޓްސްއާއެކު ރޭ ތައްލު އަބީބުގައި ނޫސްވެރިންނާއި ބައްދަލުކޮށްފަ އެވެ.
"ޣައްޒާގައި ހައްޔަރުކޮށްފައި ތިބީ އިސްރާއީލު މީހުންނާ ބެހޭގޮތުން ވަރަށް ގިނަ ވާހަކަތަކެއް އެބަ ދެކެވެއެވެ. އެކަމާ ބެހޭގޮތުން ޙަމާސާއެކު އެއްވެސް އެއްބަސްވުމެއް އަދިއެއް ނެތެވެ." ނަތަންޔާހޫ ބުނެފައި ވެއެވެ.
އިސްރާއީލު ސިފައިން ބުނާގޮތުގައި ޣައްޒާގައި އިސްރާއީލުގެ 239 އަސީރުން އެބަ ތިބިެއެވެ.
ނަތަންޔާހޫ ބުނި ގޮތުގައި "ޣައްޒާ ހަނގުރާމަ އަދި ހުއްޓައިލެވޭކަށް ނެތެވެ. މި ހަނގުރާމަ ނިމޭނީ ޙަމާސް ނައްތައިލެވުނު ދުވަހަކުންނެވެ. ކުޑަ ވަގުތުކޮޅަކަށް ނޫނީ ޙަމަލާތައް ހުއްޓައެއް ނުލެވޭނެއެވެ."
ނަތަންޔާހޫ ފަލަސްޠީނުގެ ރައީސާ ދެކޮޅަށް ފާޑުކިޔަމުން ބުނެފައި ވަނީ "ޙަމާސުން އިސްރާއީލަށް އޮކްޓޫބަރު ހަތެއްގައި ދިން ޙަމަލާ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް އަދިވެސް ކުށްވެރިއެއް ނުކުރައްވައެވެ. ނިރުބަވެރިންނަށް މާލީ އެހީދޭ ފަރާތަކާ ޣައްޒާގެ ވެރިކަން ޙަވާލެއް ނުކުރެވޭނެއެވެ."
އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލައިފައިވާ ޣައްޒާގެ ޝިފާ ހަސްފަތާލާބެހޭގޮތުން ނަތަންޔާހޫ ބުނީ "ޣައްޒާގެ ޝިފާ އެކުވެންޏަށް ނުވަނުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން އެދުނު" އިސްރާއީލު ސަރުކާރުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.
އޭނާ އިތުރަށް ބުނީ "އެމެރިކާއާއި ދުނިޔޭގެ ޤައުމުތަކުން ވަރަށް ބޮޑެތި ފިއްތުންތައް ދަނީ ފިއްތަމުންނެވެ. އެކަމާ ދެކޮޅުހަދައި އަހުރެމެން މި ދަނީ ހަނގުރާމަ ކުރިއަށް ގެންދަމުން" އިސްރާއީލު ސިފައިން ޣައްޒާގެ ހުޅަނގުގައި ހުންނަ ޝިފާ ހަސްފަތާލަށް ވަނީ މި ދިޔަ ބުދަދުވަހުއެވެ.
ނަތަންޔާހޫ ބުނިގޮތުގައި އެމެރިކާގެ އެދުމުގެ މަތިން ޣައްޒާއަށް ދުވާލަކު ދެ ލޮރީގެ އުނދު ވެއްދުމުގެ ހުއްދަ ދެވޭނެއެވެ.
މި ނޫސްބައްދަލުވުމުގައި އިސްރާއީލުގެ ދިފާޢީ ވަޒީރު ގެލެންޓް ވާހަކަދައްކަމުން ބުނިގޮތުގައި އިސްރާއީލު ސިފައިން މިހާރު ވަނީ ޣައްޒާގެ އެއްގަމު ހަނގުރާމައިގެ ދެވަނަ ފިޔަވަހި ފަށައިފައެވެ. އޭނާ ހާމަކުރިގޮތުގައި އިސްރާއީލުން ޙަމާސާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައަކީ ޝާމިލު ހަނގުރާމައެކެވެ. މި ޙަރަކާތުގެ ސިޔާސީ ހުރިހާ އިސްވާރުން މަރައިލެވޭނެއެވެ.
އިސްރާއީލުގެ ހަނގުރާމައިގެ މަޖިލީހުގެ ވަޒީރު ބެނީ ގެންޓްސް ބުނިގޮތުގައި އިސްރާއީލުން ޣައްޒާ ހިންގުމާ ޙަވާލެއް ނުވާނެއެވެ. އެހެނަސް ޙަމާސަށް ޣައްޒާގައި ވެރިކަމެއް ނުކުރެވޭނެއެވެ.
އަނެއްކޮޅުން އިސްރާއީލު އެއްބަސްވާ ގޮތުގައި ޣައްޒާގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ 6 މީހަކު މަރުވެއްޖެއެވެ. އިސްރާއީލު ސިފައިން ބުނާގޮތުގައި މި ކުރިމަތިލުންތަކުގައި ސިފައިންގެ 8 މީހަކު ޒަޚަމުވިއެވެ. އެހެނަސް އިސްރާއީލުގެ ނޫސްތައް ބުނާގޮތުގައި ޣައްޒާ ހަނގުރާމައިގައި އިސްރާއީލު ސިފައިންގެ 58 މީހަކު ވަނީ މަރުވެފައެވެ.
އިސްރާއީލުން މީގެ 43 ދުވަސްކުރިން ޣައްޒާއާ ދެކޮޅަށް ފަށައިފައިވާ ހަނގުރާމައިގެ ސަބަބުން މިހާތަނަށް ވަނީ 12،300 މީހުން ޝަހީދުވެފައެވެ. އޭގެތެރޭގައި 5،000 ކުޑަކުދިންނާއި 3،300 އަންހެނުން ހިމެނެއެވެ. މީގެ އިތުރަށް 30،000 މީހުން ވަނީ ޒަޚަމުވެފައެވެ. މީގެ ތެރޭގައި ހިމެނޭ 75% އަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0