ހަމާސް އަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބުނާ މީހުންނަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ފާޑު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއާގެ ރިޔާދުގައި ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނެވި މަގުމަތީގައި ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުރުދުގާން ވިދާޅުވީ، ހަމާސްއަކީ ޓެރަރިސްޓު ޖަމާއަތެއް ނޫން ކަމަށާއި އެއީ އެ މީހުންގެ އަމިއްލަ ބިން މިނިވަންކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށެވެ.
"ފަލަސްތީނުގައި އިޒްރޭލު ސިފައިން ހިންގާ ޖަރީމާތަކާ މެދު، ހުޅަނގުގެ ގައުމުތައް އެއްޗެއް ނުބުނެ ހަނު އޮތުމަކީ އެ ގައުމުތަކަށް ވެސް ބޮޑު ހުތުރެއް. އެ އަނިޔާވެރިކަމާ މެދު އެއްޗެއް ނުބުނެ ހަނު އޮތުމަކީ ވެސް، ކުށެއް ނެތް މަދަނީންގެ ލޭ އޮހޮރުވުމުގައި، އެ އަނިޔާވެރިންނާ އެއް މިންވަރަކަށް ބައިވެރިވުން،" އުރުދުޣާން ވިދާޅުވި އެވެ.
އިޒްރޭލުން ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 39 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 29300 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި އެވެ. ޒަހަމްވި މީހުންގެ 70 އިންސައްތަ އަށް ވުރެ މަތީ ނިސްބަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3600 އަށް ވުރެ މައްޗައް އަރާފައެވެ.
އުރުދުގާން ވަނީ ގާޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައި، އދ ސަލާމަތީ މަޖިލީހަކީ "ވަރު ނެތް" މަޖިލީހެއް ކަމަށް ވިދާޅުވެ ތަކުރާރުކޮށް ފާޑުވިދާޅުވެފަ އެވެ. އދ ގެ އޮނިގަނޑު ޒަމާނީކޮށް، ދާއިމީ މެމްބަރުކަމާއި ވީޓޯ ކުރުމުގެ ބާރު އޮތް ގޮތްވެސް ބަދަލުކުރަން ޖެހޭ ކަމަށް އުރުދުގާން އިތުރަށް ވިދާޅުވިއެވެ.
ގާޒާގައި 2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިރު، އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާރު ވަނީ ކަރަންޓާއި ބޯފެނުގެ ހިދުމަތް ކަނޑާލައި، ގާޒާ އަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށްފަ އެވެ.
މިއަދު ގާޒާ އަކީ ފަލަސްތީނު ރައްޔިތުންގެ އުފާތަކާއި އުއްމީދުތަކާއި ގިލަންތަކުން ފުރާލާފައިވާ ޑައިރީ އެވެ. މިއީ، މުސްލިމް ވެރިން އެމީހުންގެ ލަގްޒަރީ ދިރިއުޅުން ހުޅަގަށް ނީލަމުގައި ވިއްކާލުމުގެ އާހިރު ނަތީޖާ އެވެ.
ނަމަވެސް އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ޖިހާދު ކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތަކީ، ނިމުމެއް ނެތް ފިކުރެއް ކަމަށާއި ފަލަސްތީނު ރައްޔިތުންގެ ތެރެއިން އެ ފިކުރު ނައްތައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަލަސްތީނު އާއްމު ރައްޔިތުން ދެ ބަސްވުމެއްނެތި އިއްތިފާގުވެ އެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0