ހަމާސް ހަނގުރާމަ ވެރިން ނަމާދު ކުރަނީ
ހަމަލާ ބަދަލުކުރުން ފެށިގެން އައި ފަހުން އިޒްރޭލް ސިފައިން ދަނީ ގަޒާ ވަށާލައިގެން ފެނާ ކަރަންޓް ކަނޑާލަ އަދި ކާބޯތަކެތި ވެސް ވަނަ ނުދީ އެތަކެއް ހާސް ރައްޔިތުންގެ ބޮލަށް ބޮން އަޅާ މަރަމުންނެވެ. ކައިރީގައި ތިބި މުސްލިމުންނޭ ކިޔާ ގައުމުތަކުން އެއްވެސްކަހަލަ އެހީ އެއްނުވެއެވެ. އަދި އިޒްރޭލާ ގުޅުންތައް ކަނޑަން އަންނަނީ ސީދާގޮތުންނާއި އަދި ނުސީދާ ގޮތުން ދެކޮޅު ހަދަމުންނެވެ.
ގަޒާ ގައި މިވަގުތު ރައްކާތެރިކަން ލިބޭ އެއްވެސް ތަނެއް ނެތެވެ. މިސްކިތް،ސްކޫލް،ހޮސްޕިޓަލް ފަދަ ތަންތަންވެސް ވަނީ ނެތި ފަނާ ކޮށްލާފައެވެ. ގަޒާ މަގުމަތީގައި މުސްލިމުންގެ ހަށިގަނޑު ތައް ވަނީ ވަޅުނުލެވި ފެންނަ ގޮތަށް އެކިތަންތަނުގަ ވިއްސިވިހާލި ވެފައެވެ. އިޒްރޭލުން ދަނީ މަގު މަތިން ފެންނަ އެންމެން މަރަމުންނެވެ.
މިހާ ތަނަށް އިޒްރޭލަށް ހަމަލާތައް ދީ އިންޒާރު ދީ ހަދަނީ ހަމައެކަނި ހަނގުރާމަވެރި ޖަމާޢަތް ތަކުންނެވެ. އިޒްރޭލް އަށް ހަނގުރާމަވެރިން ދޭ މިފަދަ ގިނަ ހަމަލާތައް ވަނީ މުސްލިމް ބައެއް ގައުމު ތަކުން ހުއްޓުވާފަ އެވެ. އަދި އިޒްރޭލް ވަށާ އޮންނަ ގައުމު ތަކުން ދަނީ އެހެންގައުމު ތަކުން ވެސް ހަނގުރާމަވެރިން ވަދެ އިޒްރައިލް އަށް ހަމަލާ ދީފަނެތީ ބޯޑަރުތައް ބެލެހެއްޓުން ވެސް ވަރުގަދަކުރަމުންނެވެ.
މި ފަހުން ހާމަކަން ބޮޑުގޮތެއްގައި އިޒްރޭލުން މުސްލިމުން މަރަން ފެށުމުން އާންމު ރައްޔިތުން ދަނީ އިސްލާމީ ގައުމުތަކުގެ ވެރިންގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފައްދަމުންނެވެ.
މިހާ ތަނަށް އިޒްރޭލް ވަނީ މުސްލިމް 12000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0