އަހަރުގެ ބާކީ މުއްދަތުގައި 4.2 ބިލިއަން ހޯދަން ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ތައްޔާރުކޮށްފައިވާ ލަފާ އަލީ ހާޝިމް ސޮއިކުރައްވާ ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.
އެ ލަފާގައި ބުނެފައިވަނީ އަހަރުގެ ފާއިތުވެދިޔަ މުއްދަތުގެ ތަޖުރިބާއަށް ބަލާއިރު ކުރިން ލަފާކުރެވުނު އަދަދަށް ބޭރުގެ ހިލޭ އެހީ ލިބިފައި ނުވާކަމަށާއި އެހެންކަމުން 2023 ވަނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން އިތުރަށް 4.2 ބިލިއަން ރުފިޔާ ހޯދުމަށް ހިމަނާފައިވާއިރު އަހަރުގެ ބާކީ އޮތް މުއްދަތުގައި އެ އަދަދު ލިބުމަށް ބޮޑެތި ހުރަސްތަކެއް ހުރި ކަމަށެވެ.
އެމްއެމްއޭއިން ބުނީ 2023 އަށް ލަފާކުރެވުނު 42.8 ބިލިއަން ރުފިޔާގެ ބަޖެޓުގެ އިތުރުން މިހާރު ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި 6.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެ ކަމަށް ލަފާކޮށް މުޅި އަހަރަށް ޖުމްލަގޮތެއްގައި 49.4 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި އެހެންނަމަވެސް އެ ފަދަ ގޮތަކަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅުމުގެ ބަދަލުގައި ސަރުކާރަށް ލިބޭ އާމްދަނީ އިން ބަޖެޓު ފާސްކުރެވުނު މިންވަރުގައި ހަރަދުތައް ހަމަޖެއްސުމަށް އިސްކަންދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އިގްތިސޯދީ ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާން އެ އޮތޯރިޓީއިން ލަފާދީފައިވާއިރު އަދި ކުރިއަށް އޮތް ތަނުގައި ސަޕްލިމެންޓްރީ ބަޖެޓަކުން ހަރަދުތައް ހަމަޖައްސަން ނުޖެހޭނެހެން ބަޖެޓް އޯވާސައިޓް ރޯލް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމަށްވެސް ވަނީ ލަފާދީފައެވެ. އަދި ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 4.2 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދަން ނިންމާފައިވާއިރު 1.9 ބިލިއަން ރުފިޔާ ހޯދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ފަރާތްތަކުންނެވެ.
އެމްއެމްއޭއިން ބުނީ އަހަރުގެ ތެރޭގައި ބޭރުގެ ހިލޭ އެހީ ނުލިބުމުގެ ސަބަބުން ސަރުކާރުން ފައިނޭންސިންގް ހަމަޖެއްސުމަށް ބޮޑަށް ބަރޯސާވެފައިވަނީ ޑޮމެސްޓިކް މާކެޓް އަދި ޕީބީއޭ އޯވާޑްރޯ ކޮށްގެން ކަމަށްވީ ނަމަވެސް ސަރުކާރުގެ ޓްރެޝަރީ ސެކިއުރިޓީޒް މާކެޓުގެ ފަހުގެ ޓްރެންޑްތަކަށް ބަލާއިރު ޓްރެޝަރީ ސެކިއުރިޓީޒް މާކެޓުގެ ބައިވެރިންނަށް ސެކިއުރިޓީޒް ވިއްކޭ މިންވަރު ދަށްވެފައިވާ ކަމަށެވެ. އަދި މި އަަހަރު ސަރުކާރުން ކުރިން އަންދާޒާކުރި މިންވަރަށް ޓްރެޝަރީ ސެކިއުރިޓީޒް ވިއްކިފައެއް ނުވާ ކަމަށްވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އެމްއެމްއޭއިން ބުނީ އެކަމުގެ ސަބަބުން ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ބޮޑެތި އަދަދުތަކުން މި އަހަރުގެ ތެރޭގައި ދައުލަތުގެ ޕީބީއޭ އޯވާޑްރޯކުރަން ޖެހުނު ކަމަށާއި މި އަހަރުގެ މާޗު މަހުން ފެށިގެން ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ޕީބީއޭ އޯވަޑްރޯކުރުމުގެ އިތުރުން ކްރޮސް ސަބްސިޑީޒް ފަދަ ވަންއޮފް އާމްދަނީ ހޯދުމަށް ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށެވެ. އެކަންކަމުން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެހީ ހޯދުމުގައި ކުރިއަށް ވުރެ ބޮޑަށް ދަތިތައް ހުރިކަން ވެސް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
ބޭރުގެ ފަރާތްތަކުން ހޯދުމަށް މި އަހަރަށް ލަފާކޮށްފައިވާ ހިލޭ އެހީގެ އަދަދު ހޯދުމަށް ދަތިވެފައިވާ ކަމަށާއި ރާއްޖޭގެ ރަސްމީ ރިޒާވް 2022 ވަނަ އަހަރާ އަޅާބަލާއިރު ހީނަރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އެހެންކަމުން މި އަހަރުގެ ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމަށާއި ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް އެހީގެ ގޮތުގައި އިތުރަށް އަންދާޒާ ކޮށްފައިވާ 4.2 ބިލިއަން ރުފިޔާ އަހަރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ހޯދަމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެމްއެމްއޭއިން ވަނީ އެ އަދަދު ރިޒާވަށް ނުލިބިއްޖެ ހާލަތެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ އެ ފަދަ އެހީތައް ކަށަވަރުކުރުމަށް ލަފާދީފައެވެ.
އެމްއެމްއޭއިން ވަނީ މި އަހަރުގެ ދައުލަތުގެ ޑެފިސިޓް ކުޑަކުރުމަށްޓަކައި ރިކަރަންޓް ހަރަދުތައް ދަށްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކޮށް، ކެޕިޓަލް ހަރަދުތައް ކުރުމުގައި ކޮންމެހެން ހިންގަޖެހޭ ޕްރޮޖެކްޓްތައް އިސްކަންދީގެން އަހަރުގެ ބާކީއޮތް މުއްދަތުގައި ފައިނޭންސިންގް ލިބިފައިވާ ޕްރޮޖެކްޓުތައް އެކަނި ހިންގުމަށްވެސް ވެސް ލަފާދީފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0