ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއެކު އިމިގްރެޝަންގެ ޚިދުމަތް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވައިފިއެވެ.
މީގެ ކުރިން އިމިގްރޭޝަންގެ ޚިދުމަތް ދެމުން އައީ ދިފާޢީ ވުޒާރާގެ ދަށުންނެވެ. އައު ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނައި މި ބަދަލާއި ގުޅިގެން ޕާސްޕޯޓާ ގުޅުންހުރި މަސައްކަތްތައް ދެން ކުރައްވާނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުންނެވެ.
އިދާރީ އޮނިގަނޑަށް ގެންނެވި ބަދަލާއި ގުޅިގެން މީގެ ކުރިން ސިއްޙީ ވުޒާރާގެ ދަށުން ބަލަހައްޓަމުން އައި "ނެޝަނަލް ޑްރަގް އެޖެންސީ"އާއި، އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުން ބަލަހައްޓަމުން އައި"ނޭޝަނަލް ޑްރަގް އެޖެންސީ" އާއި "ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން" މިހާރު ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީވެސް މިހާރު ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރައްވާފައެވެ.
އެއް ވުޒާރާ އިން އަނެއް ވުޒާރާއަށް ތޭރަ ތަނެއް ބަދަލު ކުރެއްވިއިރު ބައެއް ވުޒާރާތަކުގެ މެންޑޭޓަށް ސަރުކާރުން ބަދަލު ގެންނަވާފައިމިވަނީ ސަރުކާރު ހިންގުމަށް ފަސޭހަކޮށް ރައްޔިތުންނަށް ޚިދުމަތްތައް ދިނުން އަވަސް ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0