ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ދިރިއުޅޭ މުސްލިމުންގެ ފިހާރަތަކަށް އިޒްރޭލާއި އެމެރިކާގެ އުފެއްދުންތަށް ނުވިއްކަން ނިންމާ ބޮއިކޮޓް ކުރަން ފަށައިފިއެވެ.
އަމިއްލަ އިސްނެގުމެއްގެ ގޮތުގައި އިންޑިއާގެ މުސްލިމު ކޮމިއުނިޓީން ފެށި ބޮއިކޮޓް ކުރުމުގެ މި ހަރާކާތުގައި ގިނަ އަދަދެއްގެ ވިޔަފާރިވެރިން ދަނީ ބައިވެރި ވަމުންނެވެ. އަދި ފިހާރަތަކުން ވިޔަފާރި ކުރާ ބައެއް މީހުން ވަނީ އެ ކެންޕެއިންގައި ވަނީ ބައިވެރިވެފައެވެ.
އެގޮތުން ގިނަ ފިހާރަތުން ކޮކާކޯލާ އާއި ޕެޕްސީ ފަދަ ބުއިންތައް އުކާލާފައި ވާ އިރު، ވިއްކަން ހުންނަ އިޒްރޭލާއި އެމެރިކާގެ ހުރިހާ އުފެއްދުމެއް ވެސް ވަނީ އުކާލާފައެވެ. އޭގެ އިތުރުން އެގައުމުތަކުގެ އުފެއްދުން ދެން ނުވިއްކުމަށް ވެސް ގިނަ ވިޔަފާރިވެރިން ވަނީ ނިންމާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ބުނީ، އެމީހުންނަށް އަމަލީ ގޮތުން ގޮސް ހަނގުރާމައިގައި ބައިވެރި ނުވެވުނަސް ފަަލަސްތީނުގެ މުސްލިމުންނާ އެކު ތިބިކަން އެގޮތުންވެސް ދެއްކޭތޯ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.
އިޒްރޭލުގެ އުދުވާނާ ދެކޮޅު ހެދުމަށް އިންޑިއާގެ ކެރަލާގައި އެތައްހާސް ބަޔަކު ބައިވެރިވެ ބޮޑު އެއްވުމެއް ވެސް ދާދި ފަހުން ވަނީ ބާއްވާފައެވެ. އަދި އެހެން ބައެއް ސިޓީތަކުގައި ވެސް ފަލަސްތީނުގެ މުސްލިމުންނާ އެކު ތިބިކަން ހާމަކޮށް އަޑުއުފުލަމުން ދެއެވެ.
އިންޑިޔާގެ ބައެއް މީހުން ބުނާގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ އުފެއްދުންތައް ގަތުން ހުއްޓާލައިގެން ވެސް އެމީހުން ބޭނުންވަނީ ގާޒާ ސަލާމަތް ކުރުން ކަމަށާއި އިޒްރޭލުގެ އުދުވާން ހުއްޓުވުމަށް އަޑުއުފުލުގައި އެމީހުންވެސް ބައިވެރިވާކަން ހާމަ ކުރާނެ ކަމަށެވެ.
އިންޑިޔާގެ މުސްލިމް ވިޔަފާރިވެރިން ބުނީ، އެގޮތަށް އެކަން ކުރުމުން ވިޔަފާރި ދަށްވިޔަސް ފަރުވާލެއް ނެތް ކަމަށާއި އަދި އެކަން އެގޮތަށް ކޮށްގެން އިންޑިއާގެ މިހާރުގެ ސަރުކާރުގެ ޕްރެޝަރާ ކުރިމަތިލާން ޖެހުނަސް ފަރުވާލެއް ނެތް ކަމަށެވެ. އަދި އިންޑިއާގައި ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން މިހާރުވެސް ޕްރެޝަރު ކުރިމަތިވާ ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް ތަނުގައިވެސް ކުރިމަތިވާނެ ކަމެއް ކަންވެސް އެނގޭ ކަމަށާއި ނަމަވެސް ގާޒާގެ ރައްޔިތުންގެ ހައްގުގައި އެ މިންވަރުވެސް ފުދޭކަމަށް ބުނެފައި ވެެއެވެ.
އިންޑިއާގައި ފަލަސްތީނަށް ތާއީދު ކޮށް ހިންގާ ބައެއް ހަރަކާތްތައް ސަރަަހައްދީ ސަރުކާރުތަކުން ހުއްޓުވަން މަސައްކަތް ކުރެއެވެ. އިންޑިއާ އަކި އިޒްރޭލަށް ތާއީދު ކުރާ ގައުމަކަށް ވާއިރު ބައިގިނަ ހިންދޫންނާއި އަދި ވެރިކަން ކުރާ ޕާޓީއަށް ތާއީދު ކުރާ މީހުން އިޒްރޭލަށް ތާއީދު ކޮށް ބޮދެތި ރެލީތައް ވެސް ބާއްވާފައި ވެއެވެ. އަދި އިޒްރޭލް ސިފައިންނާ ބައިވެރިވެގެން ހަނގުރާމައަށް ދާން އެތައް ބަޔަކު ވޮލަންޓިއާ ކޮށްފައި ވެސް ވެއެވެ.
އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 11،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 5000 އާއި ގާތްކުރާ އަދަދަކަށް ކުޑަކުދިން ހިމެނެއެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0