އިސްލާމީ މަރުކަޒުގައި ނަމާދުކުރަން ބޭނުންކުރާ އެއްވެސް ބައެއް މާދަމާ ބަންދުނުވާނެ ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެންވިދާޅުވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައިއެވެ. ރަސްމިއްޔާތު އޮންނާނީ އެ ދުވަހު ހަވީރު 4:45 ގައެވެ.
އިންތިހާބީ ރައީސް ހުވާކުރައްވާ ދުވަހު އަސުރު ނަމާދާއި މަޣްރިބު ނަމާދަށް އިސްލާމީ މަރުކަޒަށް ދާ މީހުން އެ މިނިސްކިތުގެ ދެކުނު ފަރާތް ބޭނުންކުރަން އެދޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައިއެެވެ. މިސްކިތަށް ވަންނަން މެދުޒިޔާރަތްމަގު، ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އިރުމަތީ ފަރާތުން ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުންކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.
މިކަމާއި ގުޅޭގޮތުން އާންމުން ފާޑުކިޔަމުން އަންނައިރު، މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ފިރުޒުލް ވިދާޅުވީ، ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅުވައި، އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާކަމަށެވެ.
އަދި، ސަލާމަތީ ސަބަބުތަކަށްޓަކައި، ހުކުރު ދުވަހުގެ ޢަޞުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި ޢާއްމު އުޞޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށްވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަމަށް ފިރުޒުލް ވަނީ މައުލޫމާތުދެއްވާފައެވެ.
ހުކުރު ދުވަހުގެ ޢަޞްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް އަދި އެއްވެސް ނަމާދު ވަގުތެއްގައި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދޭކަމަށް ފިރުޒުލް ވިދާޅުވިއެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0